ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ތޫފާން 'އަސަނި"ގެ ބާރު ގަދަވާނެ ކަމަށް އިންޑިއާގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (އައިއެމްޑީ) އިން ބުނެފިއެވެ.

ތޫފާނުގެ ބާރު ކުރިއަށް އޮތް 24 ގަޑިއިރު ގަދަވާނެ ކަމަށް އައިއެމްޑީން ބުނެފައިވާއިރު، އިއްޔެ އެ އިދާރާއިން ބުނެފައިވަނީ ދެކުނު އިރުމަތީ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ޑިޕްރެޝަން މިއަދު ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާ ކޮށްފައެވެ.

"ޑިޕްރެޝަން ތޫފާނަކަށް ބަދަލުވެ މިހާރު އަސަނިގެ ނަމުން ވަނީ ނަން ދެވިފައި. އެ ތޫފާން ހުޅަނގު އުތުރުން ގަޑިއަކު 16 ކިލޯމީޓަރަށް ދަނީ ދަތުރު ކުރަމުން. އެއީ ވިޝާކާޕަޓްނަމް އިން ދެކުނު އިރުމަތީ ގެ މަގުން 970 ކިލޯމީޓަރު އަދި ޕޫރީ އިން ދެކުނު އިރުމަތީ މަގުން 1020 ކިލޯމީޓަރު ގައި" އައިއެމްޑީން ބުންޏެވެ.

އެއިދާރާއިން ބުނީ، ލަފާ ކުރެވޭ ގޮތުގައި މިމަހުގެ 10 ވަނަ ދުވަހުގެ ހަވީރުގެ ނިޔަލަށް ހުޅަނގު އުތުރުގެ މިސްރާބަށް ތޫފާން ދަތުރު ކުރާނެ ކަމަށާއި ކުރިއަށް އޮތް 4 ގަޑިއިރުގެ ތެރޭގައި ތޫފާން އިތުރަށް ބާރުގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އައިއެމްޑީ އިން ބުނީ އެ ތޫފާން ބާރުގަދަ ތޫފާނަަކަށް މިއަދު ހަވީރު ނުވަތަ މިރޭ ބަދަލުވާނެ ކަމަށާއި އަދި ބާރު ދަށް ތުފާނެއްގެ ކެޓަގަރީއަށް އަލުން ދާނެކަމަށް އަންދާޒާ ކުރަނީ 11 ވަނަ ދުވަހުން ކަމަށެވެ.

އެ ތޫފާނުގެ އަސަރު ނުސީދާގޮތެއްގައި ރާއްޖެއަށް ކުރާކަމަށް ރޭގައި މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފަ އެވެ. ތޫފާންގެ ނުސީދާ އަސަރު ރާއްޖެ އަށް ކުރަން ފެށުމުން މުޅި ރާއްޖެ ހިމެނޭހެން ވަޔާއި ކަނޑު ގަދަވާނެ ކަމަށް ވަނީ ލަފާ ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުވަކާ

    ހުވަކާ އަސަނި