އިންޑިއާގެ މަޝްހޫރު "އިންޑިގޯ" ފްލައިޓަކަށް ނުކުޅެދުންތެރިކަން ހުންނަ ކުޑަ ކުއްޖަކު ނޭރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ އެކުއްޖާ ފްލައިޓަށް އަރުވަން މުވައްޒަފުން ދެކޮޅު ހަދާފައިވަނީ ކުއްޖާގެ ސަބަބުން އެހެން މީހުންނަށް ނުރައްކަލެއް ހުށަހެޅިދާނެ ކަމަށް ބުނެއެވެ. ނަމަވެސް ގިނަ ބަޔަކު ވަނީ އެކުއްޖާގެ ސަބަބުން އެހެން މީހުންނަށް އޮތީ ކޮން ނުރައްކަލެއްތޯ ސުވާލު އުފައްދާފައެވެ.

"ވައްޒަފުން ވަނީ އެހެން މީހުންގެ ނުރައްކަލަށް ހުށަހެޅިދާނެތީ ފްލައިޓަށް އަރުވަން ދެކޮޅު ހަދާފައި. މުވައްޒަފުން ތިބީ އެންމެ ފަހު މިނެޓާއި ޖެހެންދެން ވެސް ކުއްޖާ ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުން. އެކަމަކު އެކަމުން ފައިދާއެއް ނުވި" އެއެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މިހާދިސާއާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު އަންނަނީ އެއެއާލައިނާއި ގުޅިގެން އެކި ކަހަލަ ވާހަކަ ދައްކަމުންނެވެ. އެގޮތުން އެއް ފަސެންޖަރަކު ބުނެފައިވަނީ އެއާލައިނުގެ މުވައްޒަފުން ކުއްޖާއާއި ދިމާލަށް ބާރަށް ހަޅޭއް ލަވާފައިވާ ކަމަށާއި އެއީ އެމީހުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން އެ ފްލައިޓުން ދަތުރުކުރަން ތިބި ޑޮކްޓަރުން ވެސް ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ފްލައިޓް ތެރޭ ދޭނެ ކަމަށް ބުނި ކަމަށާއި ނަމަވެސް ކުއްޖާ ފްލައިޓަށް އަރުވަން މުވައްޒަފުން ދެކޮޅު ހެދި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާސިމް

    ތިޔަ އެއަރ ލައިނުން ދަތުރު ނުކުރީމާ ރަނގަޅުވާނީ

  2. ސާބަސް

    މީ ކޮންގައުމެގައި ހިގި ކަމެއް، ފްލައިޓް މުވައްޒަފުން ކުއްޖާ އަށް ހަޅޭއްލެވިކަމަށް ވެސް ލިޔެފައިވޭ އެއިރު އެކުއްޖާގެ ބެލެނިވެރުޔާކޮބާ؟ މިގޮތަށް ކުއްޖާއަށް ގޯނާ ކުރެވުނީ ބެލެނިވެރިޔާގެ ހާޞިރުގައި ކަމައްވާނަމަ އެއްގޮތަކަށް ވެސް އެބެލެނިވެރިޔާ އާއި އެކު ކުއްޖާ ތަންތަނަ ދިޔުން ރަނގަޅެއްނޫ ، ހިމާޔަތެއް ނުކުރެވޭ، އެކަން ކުރި މީހާ އެތަނައް ވަގުތުން ތިރިކޮއްލެވެން ޖެހޭނެ
    ޭ

  3. ފޮޓޯ

    ފޮޓޯއިން ފެންނަނީ ވީލް ޗެއާއެއްގައި އިން ކުއްޖެއް، ކުރިމަތީ ހުރީ އިންޑިގޯ ގެފަރާތުން ރާއްޖޭގައި ހުންނަ އިންޑިއާ ގެ މެނޭޖަރު، މިކުއްޖާއަށް ހަޅޭއްލެވީ މި އިންޑިޔާ މެނޭޖަރު ކަމައް ވަންޔާ، މީނައާ މެދު ރާއްޖޭގެ ސިވިލް އޭވިއޭޝަނުން އެބަޖެހޭ ފިޔަވަޅު އަޅަން