ގޫގްލް މެދުވެރިކޮށް ތަރުޖަމާ ކުރެވޭ ބަސްތަކުގެ ލިސްޓަށް ދިވެހިބަސް އިތުރު ކުރުމުން ދިވެހިންނަށް ހާއްސަ އުފަލެއް ލިބިފައި ވީނަމަވެސް އެއުފަލަށް ހިޔަނި އެޅިފައި ވަނީ ބައެއް ދިވެހިބަސްތަކުގެ މާނަ ވަރަށް ބޮޑަށް ނުބައިވެފައި ހުންނާތީއެވެ. ނަމަވެސް އެއީ އަދި މައްސަލައެއް ނޫނެވެ. ގޫގްލް އަށް ނުބައިކޮށް ބަހެއް ތަރުޖަމާ ކުރެވޭނަމަ އެކަން އެންގުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އެބައޮތެވެ.

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވެސް ވަނީ ގޫގްލް ޓްރާންސްލޭޓްއަށް ބަސްތަކުގެ ތަރުޖަމާ ކިޔައިދޭނެ ގޮތް ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ. ދެތިން މިނެޓް ތެރޭގައި ގޫގްލް އަށް ބަހުގެ ރަނގަޅު ތަރުޖަމާ ފޯރުކޮށްދިނުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮވެއެވެ.

މިނިސްޓަރ ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަރުޖަމާ ނުބައި ކަމަށް ރޭޓް ކުރައްވައި، ރަނގަޅު ތަރުޖަމާ ގޫގުލްއާ ހިއްސާކޮށްދެއްވަން އެދިވަޑައިގަންނަވާ ކަމަށެވެ.

"ގޫގުލް ޓްރާންސްލޭޓްގައި ދިވެހި ބަސް ހިމެނި ނަމަވެސް، ގޫގުލް އަދިވެސް އެ އަންނަނީ ދިވެހި ބަސް ދަސްކުރަމުން. ލަފުޒެއް ނުވަތަ ޖުމްލައެއްގެ މާނަ ނުބައިކޮށް ތަރުޖަމާވާ ނަމަ، އެ ތަރުޖަމާ ނުބައި ކަމަށް ރޭޓް ކުރައްވައި، ރަނގަޅު ތަރުޖަމާ ގޫގުލްއާ ހިއްސާކޮށްދެއްވާ،" މިނިސްޓަރު ވިދާޅުވި އެވެ.

ތަރުޖަމާ ނުބައިނަމަ ރިޕޯޓް ކުރަން ޖެހޭ ގޮތް

1. ތަރުޖަމާ ކުރަންވީ ލަފުޒެއް ނުވަތަ ޖުމްލައެއް ލިޔުމަށް ފަހު، ތަރުޖަމާ ރޭޓްކުރަން ދީފައިވާ އޮޕްޝަނަށް ދާށެވެ.

2. ރޭޓްކުރަން ގޮސްފައި އިނގިލި ތިރިއަށް ދައްކާ ފިތަށް ފިތާލާށެވެ.

3. ދެން އަންނަ އޮޕްޝަންތަކުން "އަން އިންޑެންޑެޑް މީނިން" ނުވަތަ މާނަ ނުބައި ކަމަށް ބުނާ އޮޕްޝަން ހިޔާރުކޮށްފައި، "ސަބްމިޓަށް" ފިތާލާށެވެ.

4. އެއަށްފަހު "ސަޖެސްޓް އޭން އެޑިޓް" އޮޕްޝަނަށް ގޮސް އެ ތަރުޖަމަނާ ރަނގަޅުކުރަންވީ ގޮތް ގޫގުލް އަށް ބުނެދޭށެވެ.

5. އޭރުން ރަނގަޅުކުރި ގޮތަށް ތަރުޖަމާ ކުރެވޭނެ.

6. ގޫގުލް އިން ޝުކުރުގެ މެސެޖެއް ފޮނުވާނެ.

ގޫގްލް އިން އަމާޒު ހިފާފައި ވަނީ ވީހާވެސް ގިނަ ބަސްތަކެއް ތަރުޖަމާ ކުރެވޭ އެޕްލިކޭޝަނަކަށް ގޫގްލް ޓްރާންސްލޭޓް ހެދުމަށެވެ. މިދިޔަ ހަފްތާގައި ދިވެހިބަހާއިއެކު އިތުރު 24 ބަހެއް ވަނީ ގޫގްލް ޓްރާންސްލޭޓް އަށް އެޑް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ali

    Google translator koniraku tha rangalhee thi dhuniyega huri most useless ekathi

  2. ހައްހައް

    ގާތް ބަޔަކަށް ދައުލަތުން ބޮޑު ލާރިގަނޑެއްދީގެން ކުުރުވި ކަމެއް އެހާ ރަނގަޅު ނުވީމާ އަހަރުމެން ހިލޭ މަސައްކަތް ކޮށްދޭންވީ ޔުމްނާ ސިޔާސީ މެޑެލި ޖަހަން؟

    4
    3
  3. ދޯ

    iboo ge maana ananee...boa buraanthi

  4. Anonymous

    2006 އިން ފެށިގެން ޢަރަބި ބަސް ތަރުޖަމާ ކުރަން ފަށައިފި. އަދިވެސް ކުށްތައް ހުރޭ.
    ނުބައިކޮށް މާނަ ކުރަނީ. މިގޮތަށް ހެދުމުން ބަސް ދަސްކުރާ މީހުން މަދުވެފައި ނުބައި މާނަ ގިނަ މީހުންނަށް ދަސްވާނީ. އެހެންވީމަ ބަހަށް ލިބޭ ފައިދާއަށް ވުރެ ލިބޭ ގެއްލުން ބޮޑުވާނީ.

    މިއީކީ މާމޮޅު ކުރިއެރުމެއް ނޫން. ތިކަމަށް އެއްބާރުލުން ދެވޭކަށް ނެތް.

    10
    2