މައިންބަފައިންނަށް ހާއްސަ "ކުދިން ތަރުބިއްޔަތުކުރަން ފަހި ގޮތެއް" ނަމުގައި ލިޔެފައިވާ ފޮތެއް ނެރެފިއެވެ.

މިފޮތް ނެރެދެއްވީ މިކަމަށްޓަކައި ގައުމީ ކުތުބުހާނާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އެވެ.

މި ފޮތް ލިޔެފައި ވަނީ އަހްމަދު ފަޔާޟް ހަސަނެވެ. ފޮޔް ނެރުއްވުމުގެ ރަސްމިއްޔާތުގައި ފޮތުގެ މުސައްނިފް ފަޔާޟް ވިދާޅުވީ މިފޮތް ލިޔުއްވުމަށްޓަކައި ދިރާސާކުރައްވަމުން ގެންދެވިއިރު ފާހަގަކުރެވުނުކަމަކީ، ބެލެނެވެރިންނާ ކުދިންނާ އޮންނަ ގުޅުން ކުޑަ މިންވަރުކަންކަމަށެވެ.

"ކުދިން ތަރުބިއްޔަތުކުރުމަށް ފަހި މަގެއް" ނެރުމުގެ ހަފްލާގެ ތެރެއިން-- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

މި ފޮތް ނެރުއްވުމަށް ފޮތާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފަޒްނާ ވިދާޅުވީ، ކޮންމެ ދުވަހަކީވެސް ކުދިން ތަރުބިއްޔަތު ކުރަން ދަސްކުރާ ދުވަހެއް ކަމަށާއި، އެއް ދުވަހުން އަނެއް ދުވަހަށް އެކަން ރަނގަޅު ކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ފަޒްނާ ވިދާޅުވީ، ޕޭރެންޓިންގައި އެންމެ މުހިންމު ކަމަކީ ކުދިންނަށް ނަމޫނާ ދެއްކުން ކަމަށާއި، ނަމޫނާ ދައްކާއިރު، ކުދިންގެ ކިބައިން އެއްވެސް ކަމަކަށް އުންމީދު ކަނޑާމުލުމަށެވެ.

"ކުދިން ތަރުބިއްޔަތުކުރުމަށް ފަހި މަގެއް" ނެރުމުގެ ހަފްލާގެ ތެރެއިން-- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

ކުދިން ތަރުބިއްޔަތު ކުރުމަށް ފަހު މަގެއް ފޮތް މިއަދު ނެރެފައިވާއިރު މިފޮތުގައި ޖުމްލަ ތޭރަ ބާބު ހިމެނޭނެއެވެ.

ފޮތުގައި ފަޔާޟް ލިޔުއްވާފައިވާ ގޮތުގައި ކުދިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން ފެއިލްވެގެން ދިއުމުން އެތައް ބައެއްގެ ނުރުހުން އެމައިންބަފައިންނަށް އަމާޒުވި ނަމަވެސް ކުދިން ތަރުބިއްޔަތު ކުރުމަކީ ވެސް ތަމްރީން ލިބެން ޖެހޭ ކަމެއްކަން ގިނަ ބަޔަކަށް ގަބޫލު ކުރެވިފައެއް ނޯވެއެވެ.

މިފޮތް މާލޭގެ ބުކްޝޮޕްތަކުން މިހާރު ލިބެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ފުރަތަމަ ގައުމުގަ ތިބި ވެރިން ތަރުބިއްޔަތު ކުރުމާ ބެހޭ ފޮތެއް ނެރެބަލަ

    20
    • Anonymous

      ތިމާހެއްދެވި ފަރާތައް ވެސް ބިރުވެތި ވަނީކީނުން، ގާނޫނު އަސާސީއަށް ބޯ ނުލަނބާ ކޮނަފަދަ ބިރުވެރި ކަމެއްތޯ.

      15