މިއަހަރުގެ އަހަރުގެ އަދަބީ ކަލަންޑަރުގައި މި އެކެޑަމީން ކަނޑައަޅައިފައިވާ އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިބަހުގެ އެކެޑަމީން ހުޅުވާލައިފިއެވެ.

މި މުބާރާތް ބެހިފައިވަނީ ހަތަރު ބަޔަކަށެވެ. އޭގެތެރެއިން ފުރަތަމަ ބަޔަކީ އިސްކޫލުތަކުގެ ބައެވެ. އެއީ ދަށު ސާނަވީ ގިންތި، ސާނަވީ ގިންތި، މަތީ ސާނަވީ ގިންތިއެވެ. ދަށު ސާނަވީ ގިންތީގައި ހިމެނޭނީ ކީ ސްޓޭޖް 3 އެވެ. ސާނަވީ ގިންތީގައި ހިމެނޭނީ ކީ ސްޓޭޖް 4 އެވެ. މަތީ ސާނަވީ ގިންތީގައި ހިމެނޭނީ ކީ ސްޓޭޖް 5 އެވެ.

ދެވަނަ ބަޔަކީ މަތީ ތަޢުލީމުގެ ބައެއެވެ. އެއީ ޔުނިވަރސިޓީ /ކޮލެޖު/ އިންސްޓިޓިއުޓް/ އެކެޑަމީތަކަށް ބައިވެރިވެވޭ ބައެވެ.

ތިންވަނަ ބަޔަކީ އަމިއްލަފަރާތްތަކުގެ ބައެވެ. އެއީ 18 އަހަރުން ދަށުގެ އުމުރުފުރާ އަދި 18 އަހަރުން މަތީގެ އުމުރުފުރާތަކުގެ މީހުންނަށް ބައިވެރިވެވޭ ބައެވެ.

ހަތަރުވަނަ ބަޔަކީ އޮފީސް/ ކުންފުނި/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބައެވެ.

މި މުބާރާތުގެ މަތީ ތަޢުލީމުގެ ބަޔާއި އޮފީސް/ ކުންފުނި/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތަކުގެ ބަޔަށް އޮންނާނީ ބަހުސެވެ. މި މުބާރާތް އޮންނާނީ 2023 ފެބުރުވަރީ 12އިން ފެށިގެންނެވެ.

(ރ) މުބާރާތުގެ ދާއިރާތަކުން ވާހަކަދައްކާނެ މައުޟޫޢުތައް މުބާރާތް ފެށުމުގެ މަދުވެގެން 7 ދުވަސް ކުރިން އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް އެދި، ފޯމު ފުރިހަމަކުރުމަށް ފަހު 2023 ފެބުރުވަރީ 02 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހުށައަޅަންވާނެ ކަމަށް އެކެޑަމީގެ އިއުލާންގައި ބުނެފައި ވެއެވެ.

މުބާރާތުގެ އެކި އުމުރުފުރާތަކުގެ ބައިވެރިވާން އެދޭ ފޯމުގެ ލިންކުތައް ވަނީ ގެޒެޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަބަލް

    ތީ ވާހަކަދެއްކުމުގެ ހުނަރަށްވުރެ ކަރުން ނާރުނަގާފަ ވީ އެންމެ ބާރަކަށް ހަޅޭއްލަވާ ފެލެން ދަސްކޮށްދޭ މުބާރާތް.