ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާން އާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ކާރްތިކް އާރިޔަން ބުނެފިއެވެ.

ކާރްތިކް އެހެން ބުނެފައި ވަނީ ބޫލް ބުލައްޔާ 2 ޕްރޮމޯޓް ކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި އެފަދަ ވާހަކަތަކެއް ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ދަނޑިވަޅެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

އެގޮތުން ކާރްތިކް ބުނީ ސާރާ އަކީ އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށެވެ. އަދި އެ މީހުންގެ މެދުގައި ލޯބީގެ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް ކާރްތިކް ބުންޏެވެ.

ސާރާ އާއި ކާރްތިކް އާންމުންގެ ތެރެއަށް ފެނިގެން ގޮސްފައިވަނީ "ލަވް އާޖްކަލް" ފިލްމު އިންނެވެ.

މީގެ ކުރިން ކާރްތިކް ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ޖާންވީ ކަޕޫރާއި އެކުގައެވެ. 2020 އަހަރުން ފެށިގެން ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ނަމަވެސް އެ ގުޅުން މާ ގިނަ ދުވަސްތަކެއް ނުވަނީސް ގެއްލިގެން ދިޔައެވެ.