މިރޭ ހަނދުކޭތަ ހިފާނެއެވެ. ލައްކަ ބަޔަކު އެ މަންޒަރު ބަލަން ތިބޭނެއެވެ. އަދި ފޮޓޯގްރާފަރުން އެ މަންޒަރުތަކުގެ ފޮޓޯ ނެގުމުގައި ވަގުތު ހޭދަކުރާނެއެވެ. އެހެން ނަމަވެސް މާބަނޑު މީހުން އެ މަންޒަރު ބަލަން ގޭގައި ތިބުމަށް ބުއްދިވެރިކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ބައެއް ސަގާފަތްތައް ބުނާގޮތުގައި، ހަނދުކޭތަ ހިފާ ވަގުތުތަކަކީ މާބަނޑު މީހުންނަށް ގެއްލުން ލިބިދާނެ ވަގުތުތަކެވެ. އެކަމުން ގެއްލުން ވާނީ ބަނޑުގައި ވާ ދަރިފުޅަށް ކަމަށްވެސް އެއްބަޔަކު ބުނެއެވެ. އެގޮތުުން އެކަމުން ދަރިފުޅުގެ ހަށިގަނޑުގައި ހަޑި އުފަންލަފެއް ޖެހޭ ކަމަށް ބައެއް މިހުން ގަބޫލުކުރެއެވެ.

ނަމަވެސް މިކަމުގައި އެއްވެސް ކަހަލަ ސައިންޓިފިކް ހެކިތަކެއް ނެތެވެ. މިއީ އިންޑިއާގެ ބައެއް ހިސާބުގެ މީހުން ގަބޫލުކުރާ ގޮތްކަމަށް ވެއެވެ.

މާބަނޑު އަންހެނާ ކޭތަ ހިފާފައިވާ ވަގުތުތަކުގައި ބޭރުގައި އުޅޭނަމަ ގެއްލުންވާކަމަށް ބައެއް މީހުން ގަބޫލުކުރާއިރު، ބައެއް ކަންތައްތައް ނުކުރުމަށް އިރުޝާދުދީފައިވެސް ވެއެވެ.

އޭގެ ތެރޭގައި،

މާބަނޑު މީހުން އެ ވަގުތުތަކުގައި ތޫނު އެއްޗެހި ބޭނުން ނުކުރުން (ކަތުރު، ތިނޯސް)

އެ ވަގުތުތަކުގައި އެއްވެސް އެެއްޗެއް ނުކެއުން

އެ ވަގުތުތަކުގައި ރެސްޓް ކުރުން

ކޭތައިގެ އަލި އެޅޭ ހިސާބުތަކަށް ނުދިޔުން

އެ ވަގުތު ނުކެއްކުން

އެ ވަގުތު ފެން ނުބުއިން

މިއީ ބައެއް އާދާކާދަ ގެންގުޅޭ މީހުން ގަބޫލުކުރާގޮތް ނަމަވެސް މިއިން އެއްވެސްކަމެއް ކޮށްގެން މާބަނޑު މީހަކަށް އެއްވެސް ވަރަަކަށް ވެދާނެ ކަމަށް ސައިންސްވެރިން ބުނެފައެއް ނުވެއެވެ.

މިރޭ ހަނދު ކޭތަ ހިފަނެއެވެ. އެ ކޭތަ ހިފަނީ ފަށާނީ ރާއްޖޭ ގަޑިން މިރޭ 22:14 ގައެވެ. އެ ވަގުތު ހަނދަށް އެޅެން ފަށާނީ ވަރަށް ފަނޑު ހިޔަންޏެކެވެ. އެހެންކަމުން ހަމަލޮލުން ބަލާއިރު ހަނދު ކޭތަ ހިފަމުންދާކަން ނޭނގިދާނެއެވެ. ނަމަވެސް އޭގެ 70 މިނެޓް ފަހުން، މި ރޭގެ 23:24 ގައި ބިމުގެ އަނދިރި ހިޔަނި ހަނދަށް އެޅެން ފަށާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ތިމަންނަ

    އަހިފަތުން ތެޅުމުން އިސްލާހު ވާނެކަމަށް ބައެއް މީހުން ބުނެއުޅޭ

  2. އޮޅުންއަރާމީހާ

    ތިޔަގޮތަށް ޤަބޫލުކުރާމީހާގެ ﷲގެ އެއްކައުވަންތަ ކުރުމުގައި (ތައުޙީދު) ގައި މައްސަލަ އުޅެނީ! އެންމެހާ ލޮބުވެތި މުސްލިމު އަންހެނުންނާއި ފިރިހެނުން ޝިރުކާ ވީހާވެސް ދުރުހެލިވުން މުހިންމު. އަދި ފާހަގަކުރަން: ވަގުތު ނޫހުން މިލިޔުން ލިޔުން ލިޔެފައިވަނީ ކޮންމެވެސް ވަރަކަށް މިއާ އެއްގޮތަށް އަންހެންވެރިން ޢަމަލުކުރާނެ ކަހަލަ ގޮތަކަށް. އެކަމަށް އިންކާރުކުރަން ޖެހޭ ގާތަށްވެސް އިންކާރުގެ ރާގު ނެތްކަން ފާހަގަކުރަން!!

  3. މަނިކް

    ބިރުވެރި ވަގުތެއް ރައްކާތެރިވޭ ނަމާދުކުރަން އަވަސްވޭ

  4. ޑީޑީ ޖޖޖޖ

    މުސްލިމުންނަށް މާކުރިން ވެސް ތިކަން އިނގޤ

  5. ހަސަން

    ދީނީގޮތުން އެކަމުގައި އޮންނަގޮތްވެސް ލިއުނުނަމަ!

  6. ބޮޮނަކު

    ތިސުވާލު ކުރަންވީ ފުރަތަމަ ހަނދަށް ދިޔަ އެސްޓްރޮނޯޓް ކުރެން.

  7. ކަނބުލޮ..

    މިއީ ހަމަ އަޖާއިބެއް.. ކޭތަ ހިފާ ވަގުތު ދެން މާބަނޑު އަންހެނާ ރޯދައަށްތާ ހުންނަންވީ..

  8. ބޮނަކު

    ހަދީހުގައި އޮތީ ކޮންގޮތަކަށް ކަންތައް ކުރަންތަ؟