އިނގިރޭސިވިލާތުގެ ލަންޑަންގައި ދިރިއުޅޭ އަންހެނަކު މިދިޔަ ހޯމަ ދުވަހު ހެނދުނު ނިދާ ހޭލިއިރު އެނދުމަތީގައި ތިން ފޫޓް ދިގު ބޮޑު ހަރުފައެއް އޮއްވާ ފެނުމުން ބޮޑު ބިރުވެރިކަމާއި ކުރިމަތިލާން ޖެހިއްޖެއެވެ.
ސަންޑާސް ނަމަކަށް ކިޔާ އަންހެން މީހާ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އޭނާ އަށް ނިދިން ހޭލެވުނު އިރު ކައިރީގައި އޮތީ ބޮޑު ހަރުފައެއް ކަމަށާއި އޭނާ އަވަހަށް ދުވެފައި ގޮސް ކޮޓަރިން ނިކުތީކަމަށެވެ.
ސަންޑާސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ މީހުންނަށް ގުޅާ އެހީތެރިކަމަށް އެދިފައެވެ.
ނަމަވެސް އެހީތެރިކަން ފޯރުކޮށްދޭ މީހުން ސަންޑާސްގެ ގެއަށް ދިޔައިރު ހަރުފައެއް ނެތެވެ. ހަރުފަ ވަނީ ކުޑަދޮރުން ނިކުމެގެން ގޮސްފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހަރުފަ އަކީ ސަންޑާސްގެ އަވައްޓެރިއަކު ޕެޓެއްގެ ގޮތުގައި ގެންގުޅުނު ހަރުފައެކެވެ. ހަރުފަ ހޯދުމުގެ މަސައްކަތް ކުރިނަމަވެސް އަދިވެސް ހަރުފަ ފެނިފައެއް ނުވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހޫނު މޫސުމުގައި އިނގިރޭސިވިލާތުގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކުން ހަރުފަ ފެނުމަކީ އާންމު ކަމެކެވެ. އެއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެކި ތަންތަނުގައި ދިރިއުޅޭ ހަރުފަތަައް ނިކުންނާތީއެވެ.
ތީމީހުންކައިރިއަށް ވަންނަންއުޅޭ ފިރިހެން ހަރުފައެއް. ޢެމީހާ އަށްޖިންސީ ގޯނާއެއްކޮށްފަވޭތޯބަލާ
ޢަންނި ނިދާހޭލާއިރު ހަރުފައެއް އޮންނާނެނަމަ
ތިބާޔަށް ހެޔޮ ވިސްނުން ދެއްވާށި