ޖުމްލަ 1.3 މިލިއަން ރުފިޔާއަށް ގަތް ގެއެއްގެ އަގު 30 އަހަރު ފަހުން 12 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

މީގެ 30 އަހަރު ކުރިން އިނގިރޭސި ވިލާތުގެ ލަންޑަނުގައި ހުރި މި ގެ ގަނެފައި ވަނީ އުމުރުން މިހާރު 70 އަހަރު ވެފައިވާ ވެންޑީ ކިޔާ އަންހެނެކެވެ.

ވެންޑީ ބުނީ، އޭނާ އެ ގެ 1.3 މިލިއަން ރުފިޔާއަށް ގަތީ އޭނާގެ އަންހެން ދަރިފުޅަށް ބަލިވެ އިން ދުވަސްކޮޅު ކަމަށާއި، އެ ގެ ގަންނަން ނިންމީ އޭނާ އުޅުނު ފްލެޓް ވިއްކާލުމަށްފަހު ކަމަށެވެ.

"އަހަރެން އެ ގެ ގަންނަން ނިންމީ އަންހެން ދަރިފުޅާއެކު ދިރިއުޅެން އެންމެ ރަނގަޅު ކަމަށް ފެނިގެން" ވެންޑީ ބުންޏެވެ.

މީގެއިތުރުން ވެންޑީ ބުނީ ގޭގެ އަގު ކިތަންމެ މަތިވި ނަމަވެސް އެތައް ހަނދާންތަކެއް އެކުލެވޭ ގެ ވިއްކާލުމުގެ ވިސްނުމެއް އޭނާ ނުގެންގުޅޭ ކަމަށާއި، އެ ގެއަށް ވަރަށް ބޮޑެތި ބަދަލުތަކެއްވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ގެނައި ކަމަށެވެ.

ލަންޑަނުގައި ވެންޑީ ދިރިއުޅޭ ހިސާބުގައި ހުރި ގެތައް ގަނެފައިވާ އަގަށްވުރެ އުފުލިފައިވާކަން އޭނާ ފާހަގަކޮށްފައިވާއިރު، ގެތައް ވިއްކަން ބޭނުންވާ މީހުންނަށްވުރެ ގިނައީ ގަންނަން ބޭނުންވާ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕިސްޕިސް

    މި ވެސް ދެންް ހަބަރެއް ލޮލް