ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބަންގްލްދޭޝް ފިރިހެނަކާއެކު، ދިވެހި ޒުވާން އަންހެނެއް ކަމަށްވާ ހައްވާ އަހްމަދު ދަތުރު ފެށީ ބަންގްލަދޭޝްއަށެވެ. އޭނާ ބަންގްލަދޭޝްއަށް އެތެރެވެފައި ވަނީ އެ މުހައްމަދު ރަސަލްގެ އަންބެއްގެ ގޮތުގައެވެ.
ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ ޑާކާ ޓްރައިބިއުންގައި ބުނެފައިވާގޮތުގައި، ކޮމިލާގެ ބަރޫރާ އުޕަޒިލާގައި ދިރިއުޅެމުންދާ ހައްވާ އާއި ރަސަލް ކައިވެނި ކޮށްފައި ވަނީ 2021 ވަނަ އަހަރު ރާއްޖޭގައެެވެ.
އަނބިމީހާއެކު ރަސަލް ބަންގްލަދޭޝްއަށް ގޮސްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.
ރަސަލްއާ ހަވާލާދީ އެ ނޫހުން ބުނެފައިވާގޮތުގައި، އޭނާ ރާއްޖެ އައިސްފައި ވަނީ 2014 ވަނަ އަހަރުއެވެ. އެއީ ރާއްޖޭގައި މަސައްކަތް ކުރުމަށެވެ. އެގޮތަށް ރާއްޖޭގައި އުޅުމުގެ ތެރޭގައި 2019 ވަނަ އަހަރު މާލެ ސިޓީގެ އަހުމަދު ދީދީރުގެ އަންހެން ދަރިފުޅު ހައްވާ އަހުމަދާއި ބައްދަލުވި ކަމަށް ބުނެފައި ވެއެވެ. އަދި އޭގެ ފަހުން ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދުނު ކަމަށް ބުނެފައި ވެއެވެ.
އެ ލޯބީގެ ގުޅުން ކައިވެންޏާއި ހަމައަށް ދިޔައިރު، ދެ މީހުން ކައިވެނި ކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.
"އަހަރެން ހައްވާ ކައިރީގައި ބަންގްލަދޭޝްއަށް ދާ ވާހަކަ ބުނުމުން، އޭނާ ވަރަށް ބޮޑަށް އެކަމަށް ޝައުގުވެރިކަން ފާޅުކުރި، މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާވެސް ވަނީ އަހަރެންގެ އާއިލާގެެ މުހިންމު ބައިވެރިއަކަށް". ރަސަލް ބުނެފައި ވެއެވެ.
ރަސަލްގެ ބައްޕަ އަބްދުއްރަޝީދު ބުނީ އޭނާގެ ޅީދަރި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެންނާ ގުޅިފައިވާ ކަަމށެވެ.
"ހީވަނީ އޭނާ އަހަރެމެން ދަންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެހެން". އަބްދުއްރަޝީދު ބުނެފައި ވެއެވެ.
ރާއްޖޭގައި ބަންގްލަދޭޝް ފިރިހެނުންނާއި ކައިވެނިކޮށްގެން އުޅޭ އަންހެނުންވެސް އުޅެއެވެ. އަދި ބަންގްލަދޭޝް އަންހެނުންނާއިވެސް ބައެއް ދިވެހި ފިރިހެނުން ކައިވެނިކޮށްގެން އުޅޭކަން ފާހަގަކޮށްލެވެއެވެ.
މިލިޔުމުގެ ބޭނުން ވަރަށް ސާފު
ހާދަ ވައްތަރު ދެ މީހުން
ދިހެހިންގެ ފެންވަރު ލަދެއް ނެތް އަންހެނެއް
ތިއުޅެނީ ވިސްނުމުގެ މައްސަލައެއް. އެހެން ގައުމުތަކުގެ މީހުންނާއި ވެސް ދިވެހި ކައިވެނި ކޮށްގެން އުޅޭ. ބަންގްލަދޭޝް ވީމަ ކޮބައިތޯ މައްސަލައަކީ؟
މަވެސް ބޭނުން ބަނގުލަދޭޝް އަންހެނެއް އިންނަން.
އެއީ ހަމަތެދެއް ހުޅުމާލޭގަ ދެ ހޮޓާ އަންހެންމީހާގެ ނަމުގައި ހިންގަމުންދިޔަ ބަލިވުމާއެކު ލާރިކޮޅު ހިފައިގެންފިލީ މަވެސްދަންނަން މީހެއް އެއީ
ފޮތެއްގައި އޮތީ މުސްލިމަކާ ކައިވެނިކުރަން ދިވެއްސެކޭނެތް ލިޔެފައި.
ބޮންދު ލޯބި ރާއްޖޭގަ ގިނަވާނީ
ލަދެއް ނެތް އަންހެނެކޭ ތިބުނީ ކީއްވެ
އަނެއްކާ ތިވެސް އަލަންގިރިޔަކަށް ނުވިއްޔާ ރަނގަޅު
ފައިސާ ހުރި ބޮނދު ދޮންމީހަކު ހޯދާށޭ އިންނަން މަންމާ މުސްކުޅި ޔަކަސް ވަރިހަމަޔޭ ޑޮލަރާ މޮޅު ބޮނދަކާ ގެނެސްދީ ހުނހުނހޫ
ވިޔަފާރި ކުރުމުގެ ބޭނުމުގައި ދިވެހި އަންހެނުންނާ ވ ގިނައިން ކައިވެނި ކުރެ އެވެ.
ރީތި ބޮނޑިއެއް ދީފަ ފޮނުވައި ނުލިއްޔާ ސާބަސް މީގެ ކުރިން ވެސް ދިވެހި އަންހެނުންނާ ބޮންދު މެން ކައިވެނިކޮށްގެން ބަންގާޅަށް ގެންގޮސް ޑޮލަރ ތަކާ އަތް ފައިގައި ހުރި ރަންތަށް ވަގަށްނަގައިގެން ފިލާފަ އެބަހުރި
ހާދަ ރީތި ބޮންދެކޭ
ހައްވަ ހީވަނީ މެދުއުމުރުގެ އަންހެހެއްހެން ސޮރު ހީވަނީ ބާވީސް ތޭވީސް އަހަރުގެ ކުއްޖެންހެން
އުމުރުގެ ތަފާތު ވަރަށް ބޮޑުހެން ހީވަނީ ދެމީހުންގެ އުމުރުވެސް ލިޔެލިނަމަ އޭރުންތާ
ތިޔަ ބަންގާޅީގެ ބޭނުމަކަށް ވާނީ ރާއްޖޭގައި ފައިހަރުކޮށް އޭނާގެ ވިޔަފާރި ފުޅާކުރުން ! އެކަން ކުރާނެ ! ދެތިން ދަރިން ލިބޭއިރަށް ވަރިކޮށްފަ ބަޗާނެ !
ދިވެހިން ވެސް ހަދަނީ ތިހެން ހަމަ. ދަރިން ހަދާފަ އަނބިމީހާ ވަރިކޮށްފައި އޭނަ ބޮލަށް ދަރިން ޖަހާފައި ދަނީ ޒުވާން ކުދިން ފަހަތުން.. އަހަރުމެން ދިވެހިން އެހެން މީހުންނޭ ކިޔައިގެން ވާހަކަ ދެއްކޭނެ ޖާގައެއް ވެސް ނެތް
އެސޮރު ހަދާނެ ގޮތް ވަﷲ އަޢުލަމް.
🤲
ކީއްވެބާ ބަނގްލަދޭޝްގެ ނޫހަކަށް މިވާހަކަ މުހިއްމުވީ؟ ގައިމު އެތައް މިލިޔަން ބަޔަކު އުޅޭ ތަނެއްގައި މި ނުވާނެ އާކަމަކަށް.
ފިރިމީހާގެ ގައުމަކަށް ނަސްލަކަށް ނުބަލައި ފިރިމީހާ ދެއްކި ތަނެއްގައި ރުހިގެން އުޅޭނީ ހެޔޮލަފާ އަނބިން. ސާބަސް ކަނބުލޯ.
މީގަ މައްސަލަޔަކީ ބޭރު މީހަކާ އިނުމެއްނޫން.. އިނުމަށް ފަހު ދަރިން ލިބުނީމާ އޭނާ ވަރިކޮށްލާފަދިއުން.. ޢާއްމުކޮށް ބިދޭސީން ދިވެހިންނާ އިންނަނީ ވިޔަފާރިއަށް މަގުފހިކުރަން.. ދެ ފައިސާ ހަދާ ދަނީ.. ދެން ދަރިންނަށް ޚަރަދުކުރަން ބަފާ ހޯދާނީ ކޮންތާކުންތޯ.. މިކަހަލަ ކިތައް މައްސަލ އޮތްތޯ ފެމްލީކޯޓްގަ އަހާލަބަލަ..
ކޮމެންޓް ކޮއްފަ ގިނައިން މި ތިބީ ރޭސިސްޓް ދިވެހިން.
ބަންގުލަދޭޝް ފިރިހެނެކު ދިވެހި އަންހެނަކާއި އިނދެގެން އުޅެމުން އެއަންހެން މީހާއަށް ވަރުގަދަ ލަގާއެއް ދިން ، މާލޭގަ ކެފޭ އެއް ހިންގަން އުޅެފަ އަންހެން މީހާ ބަލިވީމަ ލާރިކޮޅު ހިފައިގެން ފިލީ އެއިރު އުޅުނީ ރަށުން އެހެން އަނހެނަކާއި އިނދެގެން ވަގަށް މިހާރު އެއަންހެން މީހާ ވަނީ ދުނިޔެ ދޫކޮއްފަ މަރުޙޫމާއަށް ފާފަ ފުއްސަވާ ރަހުމަތް ލައްވާށިއެވެ
؛ލަދެއް ނެތް އަންހެނެކޭ ބުނިމީހާގެ އަނބިމީހާއަށް ވުރެ ހައްވަ ރަނގަޅުވާނެ ކަމުގެ 100% ގެރެންޓީ އެބައޮތް.. އެއީ ހީވާގި އަންހެނެއް. އުމުރު ހޭދަކޮށްލީ ރައްޔިތުންގެ ޚިދުމަތުގައި. އެފަދަ އަންހެނަކު އަންބެތްގެ ގޮތުގައި ރަސަލް އަށް ލިބުމަކީ ރަސަލް އަށް ލިބުނު ނަސީބެއް. ބުރޯ އަށް މި ނަސީބު ނުލިބުނީތީ ހިތާމަ ކުރަން