ބޮލީވިއާގައި ކުރިއަށް ދިޔަ ފެސްޓިވަލެއްގެ ތެރެއިން ހޭނެތިގެން ވެއްޓުނު ފިރިހެނަކު ސަންދޯކެއްގައި ވަޅުލާފައި އޮއްވާ އެ ސަންދޯއް ފަޅާލާފައި ނުކުމެއްޖެއެވެ.

ދިރިހުއްޓާ ވަޅުލީ "މަދަރ އާތު" ނަމަކަށް ކިޔާ ފެސްޓިވަލެއްގައި މާ ގިނަ އިން ރާ ބުއިމުގެ ސަބަބުން އަނބުރައިގަނެގެން ވެއްޓުނު މީހެކެވެ. އެ ފިރިހެން މީހާ ސަލާމަތްވީ ފެސްޓިވަލް އޮތް ސަރަހައްހައްދާ 50 ވަރަކަށް މޭލު ދުރުގައި ވަޅުލާފައި އޮއްވައެވެ.

އެގައުމުގެ މީޑިއާތަކުން އޭނާއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގާ އޭނާ އެންމެ ފަހު ހަނދާނަކަށް ހުރީ ޕާޓީގައި ވަރަށް ގަދައަށް ނެށި ހަނދާނެވެ. އޭގެ ފަހުން ހިނގި އެއްވެސް ކަމެއް ހަނދާނެއް ނެތެވެ.

އެ ފެސްޓިވަލަކީ ދުނިޔެ އާއި، ގުދުރަތަށްޓަކައި މީހުން ޝުކުރުއަދާކޮށް ހަދިޔާކުރާ ފެސްޓިވަލެކެވެ. އޭނާ ވަޅުލާފައި ވަނީވެސް ދުނިޔެއަށްޓަކައި ކުރާ ގުރުބާނީއެއްގެ ގޮތުގައި މީޑިއާތަކުން ވަނީ ރިޕޯޓުކޮޮށްފައެވެ.

"އަހަރެންނަށް ހީވީ އަހަރެންގެ ތަންމަތީގަ އޮޮވެވުނުހެން. ކުޑަކަމު ދިއުމަށް ތެދުވަން މަސައްކަތް ކުރިން. އެކަމަކު ހަތަރެސްފައި ގުޑުވާވެސް ނުލެވުނު"އެމީހާ ވަނީ ބުނެފައެވެ.

އޭނާ ވަޅުލާފައި އޮތީ ބިއްލޫރި ސަންދޯކެއްގައެވެ. ސަލާމަތް ވެފައިވަނީ ސަންދޯކުގައި އަތުންނާއި ފައިން ތަޅާ މުގުރާލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު