ދުނިޔޭގެ މަޝްހޫރު ޒުވާން ބިލިއަނަރު ކައިލީ ޖެނާގެ އުފަން ދުވަހުގެ ހަދިޔާއަކަށް 1.5 މިލިއަން ރުފިޔާގެ އަގުހުރި އަތް ދަބަހެއް ލިބިއްޖެއެވެ.

ކައިލީގެ އުމުރުން 25 ވަނަ އުފަން ދުވަހުގެ ހަދިޔާއަކަށް މި އަގު ބޮޑު އަތް ދަބަސް ހަދިޔާކުރީ އެމެރިކާގެ ބަހާމާސްގެ ޔޮޓެއްގައި ބޭއްވި ހަފްލާގައި ކައިލީގެ މަންމަ ކްރިސް ޖެނާއެވެ. މިއީ ވަރަށް މަދުން ހަދާފައިވާ ހަރމޭސް ބާރކިންގެ އަގުބޮޑު އަތް ދަބަހެކެވެ.

އަގުބޮޑު މި އަތް ދަބަސް ކައިލީއަށް މި އަހަރު ލިބުނު އިރު މިހާތަނަށް އުފައްދާފައި ވަނީ ވެސް މީގެ އެންމެ ތިން ދަބަހެވެ.

އަމިއްލަ ޔޮޓުގައި ބޭއްވި އުފަންދުވަހުގެ ހަފްލާގައި ކައިލީއަށް މި އަތް ދަބަސް ހަވާލުކުރީ އޭނާ ދަރިފުޅު ސްޓޯމީ އާއި އެއްބަނޑު އެއްބަފާ ކޮއްކޮގެ ދަރިފުޅު ޗިކާގޯއެވެ.

މި ހަފްލާގައި ބައިވެރިވެފައި ވަނީ ކައިލީގެ މަންމަ ކްރިސް އާއި ކައިލީގެ އެއްބަނޑު އެއްބަފާ ދައްތަ ކެންޑަލް އާއި ކިމް ކާޑޭޝިއަންގެ އިތުރުން އޭނާގެ އެންމެ ގާތް އެކުވެރިޔާ ސްޓަސީ ކަރަނިކޯލާއު އާއި އާއިލީ ރަހުމަތްތެރިޔާ ލާ ލާ އެންތަނީ އާއި ކައިލީގެ އަންހެން ދަރިފުޅު ސްޓޯމީ ވެބްސްޓާ އަދި ކިމްގެ އަންހެން ދަރިފުޅު ޗިކާގޯއެވެ.

ކައިލީ ކޮސްމެޓިކްސްގެ ވެރިޔާ ކައިލީ ވަނީ ދާދިފަހުން ބިލިއަނަރުންގެ ލިސްޓުގައި ވެސް ހިމެނިފައެވެ. އޭނާގެ މިލްކިއްޔާތުގައި މިހާރު ބިލިއަން ޑޮލަރު ހުރި އިރު އަގު ބޮޑު ދަބަސްތައް އެއްކުރުމަކީވެސް އޭނާ ވަރަށް ކުރާހިތްވާ ކަމެއްކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިހާރުވެސް އޭނާގެ އަތުގައި 400 އެއްހާ ބްރޭންޑެޑް އަތްދަބަސް އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކްލޯއީ

    ޔޭސް ކުއީން.. ހެޕީ ބިލޭޓެޑް ބާތްޑޭ

    9
    13
  2. ސަމީރު

    ކައްވަޅަށް ނުދެވޭނެ ތި އެއްޗިސް ހިފައިގެނެއް! އެނގިދާނެތާ!!

    26
    3
  3. އަހާލަން

    ކޮބަޔޯ ތީގެން އެހެން ދަބަހަކުން ( އަހަރުމެން ގެންގުޅޭ ލޫލު ، ޛިލްބާބުން -/250 އަށް ގައިން ދަބަހުން) ނުހިފޭ ބޭނުމަކީ؟ ދެއްކުންތެރިކަން ނޫން ދެން ކޮންކަމެއް؟

    3
    2