ބޮލީވުޑުގެ ފަންނާނުންގެ ތެރެއިން އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާގެ ޖޯޑަކީ ފާހަގަ ކޮށްލެވޭ ޖޯޑެކެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރުތަކެއް ފާއިތުވީ ނަމަވެސް ކައިވެންޏާއި ހަމައަކަށް ނުދެއެވެ.

މަލައިކާއާއި އަރުޖުން ރުޅިވިކަމަށް ނުވަތަ ދެމީހުން ކައިވެނި ކުރަން އުޅޭ ކަމަށް ބުނެ އެތައް ފަހަރަކު ވަނީ މީޑިޔާގައި ވާހަކަ ދެކެވިފައެވެ. ނަމަވެސް އެ ދެލޯބިވެރިން އަދި ވެސް އުޅެނީ އެކުގައެވެ. އަދި ކައިވެންޏަކާއި ހަމައަށް ދިޔުމަށް ނުވިސްނައެވެ.

ޑައިރެކްޓަރ ކަރަން ޖޯހަރް ހުށަހަޅައިދޭ ''ކޮފީ ވިތު ކަރަން'' ގައި އަރުޖުންއާއި ސޯނަމް ކަޕޫރު ބައިވެރިވި އެޕިސޯޑުގައި އަރުޖުން ވަނީ މަލައިކާއާއި އޭނާގެ ކައިވެނި ކުރުން ލަސްކުރާ ސަބަބު ހިއްސާ ކޮށްފައެވެ.

''އަހަރެން އުޅެ ބޮޑުވީ މަންމައާއި ބައްޕަ ވަކިވުމުން ކުރިމަތިވި އެތައް ހިތްދަތިކަމެއްގަ. އެހެންވީމާ އަހަރެންނަށް ވެސް އިހުސާސް ކުރެވޭ އެފަދަ ހާލަތެއްގައި ހުންނަ މީހަކަށް ކުރާނެ އަސަރު. މަލައިކާގެ ވެސް އެންމެ މުހިންމު އަދި އެންމެ ފުރަތަމަ ސަމާލުކަމަކީ އޭނާގެ ދަރިފުޅު އަރްހާން. އަހަރެން މަލައިކާގެ އެ ނިންމުމަށް އިހުތިރާމް ކުރަން އަދި އެކަން ގަބޫލު ވެސް ކުރަން'' ކަރަންގެ ޝޯގައި އަރުޖުން ބުނެފައިވެއެވެ.

މީގެއިތުރުން އަރުޖުން ބުނެފައިވަނީ މިހާރު އޭނާ ބޭނުންވަނީ އޭނާގެ ޕްރޮފެޝެނަލް ލައިފް ކާމިޔާބު ކުރުމަށް ކަމަށެވެ. އެއީ މާލީ ގޮތުން ނޫން ކަމަށާއި ނަފުސާނީ ގޮތުން މީހާ ހަމައަކަށް އެޅެން ބޭނުންވާ ކަމަށެވެ. އެއީ ކުރާ މަސައްކަތުން އޭނާއާއި އޭނާގެ މައިންބަފައިންނަށް އުފާވެރިކަން ހޯދާދެވޭނީ ވެސް ނަފުސާނީ ގޮތުން މީހާ ރަނގަޅަށް ހުރުމުން ކަމަށް އަރުޖުން ގަބޫލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރާއްޖެ

    ލޯބީގެ ގޮތުން ގުޅިގެން އުޅުމާ ލައިވެންޏާ އެއީ އެކައްޗެއް..އެހެންވީމާ ކުރަންކެހޭ ކަމެއްނޫން އެއީ...އަނެއްކާ ދެން ކަިވެންޏަށްފަހު އިތުރަށް ކުރާނެ ކަމެއް ނޯންނާނެ.