ލޯބީގެ ގުޅުން ނިމުނު ނަމަވެސް ރަހްމަތްތެރިކަމުގެ ގުޅުން ދެމިއޮންނާނެ ކަމަށް އިންޑިއާގެ މަގުބޫލު ދެ އެކްޓަރުން ކަމުގައިވާ ޝަމިތާ ޝެޓީ އާއި ރާގޭޝް ބަޕަތު ބުނެފިއެވެ.

ޝަމިތާ އާއި ރާގޭޝް އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއެއްގައި ބުނެފައި ވަނީ ރުޅިވީ ދެ މީހުން ވެސް އެއްބަސް ވެގެން ކަމަށެވެ. އަދި އެކުގައި އުޅޭވެކަމުގެ ޔަގީންކަން ނެތުމުން ލޯބީގެ ގުޅުން ނިންމާލީ ކަމަށް ދެ މީހުން ބުނެފައިވެއެވެ.

އެ ދެ އެކްޓަރުން ބުނެފައި ވަނީ އެ މީހުންނަކީ ފުރާވަރުގެ ނުވިސްނޭ ކުދިން ނޫން ކަމަށެވެ. އެހެންކަމުން ލޯބީގެ ގުޅުން ނިމުމަކަށް ގެނައި ނަމަވެސް ރަހުމަތްތެރިންގެ ގޮތުގައި ތިބުމަށް ދެ މީހުން ވެސް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

ޝަމިތާ އާއި ރާގޭޝް ދިމާވީ ކަލާސް ޓީވީއިން ދައްކާ ބިގް ބޮސްގެ 13 ވަނަ ސީޒަންގެ ތެރެއިންނެވެ. އެ ޝޯ ގެ ތެރެއިން ދެ މީހުން ވަނީ ލޯބީގެ ގޮތުން ގުޅިފައެވެ.

ޝަމިތާ ޝެޓީއަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީގެ ކޮއްކޮއެވެ. ޝަމިތާ ބައެއް ހިންދީ ފިލްމުތަކުން ވެސް ވަނީ ފެނިގެން ގޮސްފައެވެ.

ރާގޭޝް އަކީ ހިންދީ ސީރީޒްތަކުން އާންމުގެ ލޯބި ހޯދާފައިވާ ބަތަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިނގިރޭސި ވިގަނި

    އެކްސް އަކީ ބެސްޓީ ހައު ކިއުޓް

  2. ާއެރޭނެ

    ފައިން އެރޭނެ ތިހެން ތެޅެންޔާމުން