ނެޓްފްލިކްސްގެ އެންމެ ފަހުގެ ހިޓް ސީރީޒްގެ ގޮތުގައި "އިކޯޒް" ވެއްޖެ އެވެ.

އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ނެރުނު މި ޑާކް ތްރިލާ ސީރީޒްގައި ފެނިގެން ދަނީ އެއްމާބަނޑު ދެ އަންހެނުން ކަމަށްވާ ލެނީ އާއި ޖިނާ (ދެ މީހުންގެ ރޯލުވެސް ކުޅޭފައިވަނީ މިޝޭލް މޮނާގަން ނަމަކަށް ކިޔާ އެކްޓަރެއް) އެވެ. ސީރީސްގައި ދެމީހުންގެ ދިރިއުޅުމަށް އަންނަ ބަދަލުތައް ފެނެއެވެ.

މި ސީރީސްގައި މެޓް ބޮމަރ، ކެރަން ރޮބިންސަން އަދި ޑެނިއަލް ސަންޖާޓާވެސް ބައިވެރިވެއެވެ.

"އިކޯސް" ވަނީ މީގެ ކުރިން ނެޓްފްލިކްސްގެ އެންމެ ކާމިޔާބު ސީރީސްގެ ގޮތުގައި އޮތް ނީލް ގާއިމަންގެ "ދަ ސޭންޑްމަން" ފަހަތައް ވައްޓާފަ އެވެ. ކޮމިކް ބުކް ގެ ވާހަކައަކަށް ޓޮމްސްޓުރިޑިޖް ކުޅެފައިވާ މި ސީރީސް ވަނީ ޖެހިޖެހިގެން ހަތަރު ހަފްތާ ވަންދެން ނެޓްފްލިކްސްގެ އެންމެ ކާމިޔާބު ސީރީސްގެ ޝަރަފު ހޯދާފައެވެ.

ރޮޓެން ޓޮމާޓޯގައި މި ޝޯއަށް އޯޑިއަންސް ރޭޓިންއިން 29 އިންސައްތަ ލިބިފައި ވާއިރު އިކޯޒްގެ ބޮޑު މަގްބޫލުކަމަކީ ގިނަބަޔަކަށް ހައިރާންކުރުވަނިވި ކަމެކެވެ.

ހުސްވަގުތު އަދި ޗުއްޓީގައި އާއިލާ އާއި އެކު ގޭގައި ތިބެން ވަގުތު ލިބޭއިރު ނެޓްފްލިކްސްގެ އާ ގިނަ ފިލްމުތަކާއި ސީރީސްތައް ބަލާލެވެން ހުރި އިރު ރާއްޖެއިން އެންމެ ގިނަ ބަޔަކު ބަލާ ފިލްމުތަކަށް ބަލާލާނަމެވެ.

ދިވެހިންގެ ތެރޭގައި ނެޓްފްލިކްސް އިން މިހާރު އެންމެ މަގުބޫލު ފިލްމުތައް/ސީރީސްތަކަކީ ދިއްލީ ކްރައިމްސް، އަލްކެމީ އޮފް ސޯލްސް، ޔަންގް ލޭޑީ އެންޑް ޖެންޓަލްމެން، ދަ ސެންޑްމެން، ހައި ހީޓް، އެކްސްޓަރާ އޯޑިނަރީ އެޓާނީ ވޫ އަދި ނެވަރ ހޭވް އައި އެވާ މިއެވެ.