ސައުދި އަރަބިއްޔާއަށް ނިސްބަތްވާ ފިރިހެނަކު 53 ފަހަރަށް ކައިވެނިކޮށްފައިވާ ކަމަށް ބުނެފިއެވެ.

މިހާރު އުމުރުން 63 އަހަަރުވެފައިވާ އެ ފިރިހެން މީހާ ބުނެފައިވާ ގޮތުގައި، އޭނާ މިހާރު ވަނީ އެކަކާ ކައިވެނިކޮށްގެން ދިރިއުޅުމެއް ފަށައިފައެވެ. އަނެއްކާ ވެސް އިތުރު ކައިވެންޏެއް ކުރަން ބޭނުމެއް ނޫނެވެ.

"އަހަރެން ފުރަތަމަ ފަހަރަށް ކައިވެނި ކުރިއިރު، އެއް އަންހެނަކަށް ވުރެ ގިނަ އަންހެނަކާ ކައިވެނި ކުރަން ނުއެއް ރާވަން، އަހަރެން ހިތްހަމަޖެހޭ ކަހަލަ އިހުސާސްތަކެއް ކުރެވި ދަރިން ލިބުމުން". އޭނާ ކިޔާދޭން ފެށިއެވެ.

އެހެން ނަމަވެސް މައްސަލަތަކެއް ދިމާވާން ފެށުމުން އަނެއްކާ އަބޫ އަބްދުﷲ ނަމަކަށް ކިޔާ އެ މީހާ ކައިވެނި ކުރަން ބޭނުންވީއެވެ. އެހެން ކަމުން އޭރު އޭނާ ވަނީ އޭނާގެ 23 އަހަރުގެ އަނބިމީހާ އަށް އެކަން އަންގާފައެވެ.

މިއާއެކު އެއިރު އޭނާގެ އަނބިން އަދަދު ދޭއްކަށް އެރިއެވެ. ނަމަވެސް އޭނާގެ ފުރަތަމަ އަނބިމީހާ އާއި ދެވަނަ އަނބިމީހާއާ މައްސަލަ ޖެހުނެވެ. އެއާއެކު އޭނާ ތިންވަނަ އަދި ހަތަރު ވަނަ ފަހަރަށް ކައިވެނި ކުރިއެވެ. އެކައިވެންޏަށް ފަހު ފުރަތަމަ އަދި ތިން ވަނަ އަނބިމީހާ ވަރި ކުރިއެވެ.

އޭނާ ގިނަ ކައިވެނިތަކެއް ކުރަން ޖެހުނު ސަބަބު ހާމަ ކުރަމުން ބުނީ، އެއީ އޭނާއަށް އުފާވެރިކަން ގެނެސްދޭނެ އަންހެނަކު ހޯދުމަށް ކަމަށެވެ. އަދި އޭނާ ހުރިހާ އަނބިންނަށް ވެސް ހަމަހަމަ ކަމާއެކު ކަންކަން ކުރާ ކަމަށް ބުންޏެވެ.

"އަހަރެން 53 އަންހެނުންނާއި ކައިވެނި ކުރިން ފާއިތުވެދިޔަ އަހަރުތަކުގައި، އަހަރެން ފުރަތަމަ ކައިވެނި ކުރީ އުމުރުން 20 އަހަރުގައި އޭނާ އަހަރެންނަށް ވުރެ 20 އަހަރަށް ދޮށީ". އަބޫ އަބްދުﷲ ބުންޏެވެ.

އޭނާގެ އެންމެ ކުރު ކައިވެންޏަކީ އެންމެ ރެއެއް ކަމަށް ކިޔާދިނެވެ. އެކަމަކު އޭނާ ބުނީ، ހުރިހާ ފިރިހެނުންވެސް ބޭނުންވަނީ އެންމެ އަނބެއް ކަމަށާއި، ނަމަވެސް އެކަން ޒުވާން އަންހެނުންގެ ފަރާތުން ނުފެންނަ ކަމަށެވެ.

އަދި އޭނާ ގިނައިން ކައިވެނިކޮށްފައި ހުންނާނީ ސައުދީ މީހުންނާއި ކަމަށް ކިޔާދިންއިރު، ބައެއް ފަހަރު ވިޔަފާރި ދަތުރުތަކުގައި ކައިވެނިކޮށް ދިރިއުޅުމެއް ފެށިފައި ހުންނާނެ ކަމަށް ކިޔާދިނެވެ.

އިސްލާމްދީނުގައި، އެއްފަހަރާ ހަތަރު އަނބިންނާ ކައިވެނި ކުރުން ހުއްދަ ކުރެއެވެ، އެހެން ނަމަވެސް ފިރިހެނަކަށް އޭނާގެ ހުރިހާ އަނބިންނާ މެދު އެއް ހަމައެއްގައި ކަންަން ނުކުރެވޭނަމަ، އޭނާ ޖެހޭނީ ހަމައެކަނި އެންމެ މީހަކާ ކައިވެނި ކުރާށެވެ.