އަވައްޓެރި އިންޑިއާގެ މޮހާލީގެ ޗަންދީގަރް ޔުނިވާސިޓީގައި ތިބި އަންހެން ކުދިންތަކެއްގެ ޕްރައިވެޓް ފޮޓޯތަކެއް ލީކުކޮށްލައިފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި މި ފޮޓޯތައް ލީކު ކުރި މައްސަލައާއި ގުޅިގެން އެ ޑިސްޓްރިކްޓްގައި ވަނީ ބޮޑެތި މުޒާހަރާތަކެއް ފެށައިފައެވެ. ބައެއް ނޫސްތަކުން ރިޕޯޓްކުރާގޮތުގައި މިފޮޓޯތައް ލީކުކޮށްފައި ވަނީ އެ ޔުނިވަރސިޓީގައި ކިޔަވަމުން ދިޔަ އަންހެން ކުއްޖެކެވެ. މި މައްސަލާގައި ތުހުމަތު ކުރެވޭ އަންހެންމީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

"އަންހެން ދަރިވަރަކު މި ވީޑިއޯ ނަގައި ދައުރުކުރީ(ލީކުކޮށްލީ). އެ މައްސަލަ ރަޖިސްޓްރީކޮށް ތުހުމަތު ކުރެވޭ މީހާ ވަނީ ހައްޔަރުކުރެވިފައި. މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާލިބިފައިވާކަމުގެ މައުލޫމާތު ނުލިބޭ. މެޑިކަލް ރެކޯޑްތަކަށް ބަލާއިރު، އެއްވެސް މީހަކު (އަމިއްލައަށް މަރުވާން) މަސައްކަތް ކޮށްފައިވާ ކަމުގެ މައުލޫމާތު ނުލިބޭ" ނޫހަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެނގިއްޖެ ދައުވާ ލިބޭ ފަރާތުގެ ހުރީ އެންމެ ވީޑިއޯއެއްކަން. އިލެކްޓްރޯނިކް ޑިވައިސްތަކާއި މޯބައިލް ފޯނުތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި، ފޮރެންސިކްއެގްޒަމިނޭޝަނަށް ފޮނުވާނަން،" ފުލުހުންގެ ތަރުޖަމާނު މޮހާލީ އެސްޕީ ވިދާޅުވިއެވެ.

ފުލުހުން ބުނާގޮތުގައި އެފަރާތުން ތުހުމަތު ކުރެވޭ މީހާ އާއި ސުވާލުކުރަމުން ދަނީ ހޮސްޓެލްގައި ތިބި އެހެން އަންހެން ކުދިންގެ ވީޑިއޯތަކާއި ފޯޓޯތައް ޕޯން ސައިޓްތަކަށް ލާފައިވާކަމަށް އެހެންއަންހެން ކުދިން ގަބޫލުކުރާތީ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު