ހުއްދަ ނެތި އަލީ ރަމީޒުގެ އަމިއްލަ ލަވައެއް އެހެން ފަންނާނެއްގެ އަޑުން ކިއުއްވާ ރިލީސްކުރި މައްސަލައާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިންޒާރު ދިނުމުން ލަވަ ޑިލިޓުކޮށްފިއެވެ.
އަލީ ރަމީޒް މިގޮތަށް އިންޒާރު ދީފައި ވަނީ އޭނާގެ އަމިއްލަ ރާގުގެ ލަވަ "ލޮލަކަށް ނިންޖެއް ނާދޭ" ޑާކްރެއިން އެންޓަޓެއިންމެންޓުގެ "ހިނދުކޮޅެއް" ފިލްމަށް މަރިޔަމް އަޝްފާގެ އަޑުން ކިޔާ، އެ ލަވަ ނެރުމައި ގުޅިގެންނެވެ.
އެ ލަވަ ނެރެފައި ވަނީ އެ ލަވައިން ފެނިގެންދާ އަންހެން ފަންނާނު އާމިނަތު ރަޝްފާ (އާޝާ)ގެ އުފަންދުވަހާއި ގުޅިގެން މީގެ ތިން ދުވަސް ކުރިންނެވެ.
ޑާކްރެއިން އެންޓަޓެއިންމެންޓުން ވަނީ މިކަމާއި ގުޅިގެން އަލީ ރަމީޒްގެ ކިބައިން މައާފަށް އެެދުމުން އޭނާ އެކަމަށް މާފްކުރިކަމަށް ބުނެ ދެންމެެ ފޭސްބުކުގައި ޕޯސްޓެއް ޖަހާފައެވެ. ޑާކްރެއިން އިން އިތުރަށް ބުނީ އެލަވަ އެ ކުންފުނިން އުފައްދާ ފިލްމުގައި ނުހިމެނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
މިހާރު ޑާކްރެއިންގެ މީސްމީޑިއާ އެކައުންޓުތަކުންނާއި، ޔޫޓިއުބުންވެސް އެލަވަ ވަނީ ޑިލީޓުކޮށްފައެވެ.
އަލީ ރަމީޒް ވަނީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަންތައް ބޭނުންކުރާ ފަރާތްތަކާއި މެދު ޝަރުއީ އަދި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އަލީ ރަމީޒްއަކީ މީގެ ކުރިން ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާގައި ފުންނާބު އުސް ފަރާތެކެވެ. ނަމަވެސް އޭނާ ވަނީ އެކަންކަމާ ދުރުހެލިވެ ލަވަކިއުމާއި މިއުޒިކްކުޅުން ފަދަ ކަންކަން ކުރާ މީހުންނަށްވެސް އެކަންކަން ނުކުރުމަށް ގޮވާލާފައެވެ.
އަދި އޭނާ ކިޔާފައިވާ ލަވަތައް ނުދެއްކުމަށްވެސް އޭނާ ވަނީ އެދިފައެވެ.
ޝޭހު އަދިވެސް ލަވައިގެ ވިޔަފާރި ކުރަނީތޯ
މަގުސަދަކީ އަލީ ސާމިލްވާ މިއުޒިކް ލަވަ މުޅިން ނައްތާލުން ޑިލީޓް ކޮއްލުން ކަމަށް ބެލެވެނީ
ތިޔަ ކަމަށް އަޅާނުލިނަމަ ގޮވާނެ ޝެހް އަލުން ފިލްމުތަކޭ ކިޔާގެން ހާވާ ހަޑިިޔަށް ލަވަ ކިޔަނީޔޭ.
މުންޑު ކަލޭތީ ސޭކެއްތަ؟؟؟ ޝެއިޚުންނާއި އާދައިގެ މީހުން ނޭންގޭނީ އިސްލާމްދީނުގެ ކަންފުޅެއްވެސް ނުދަންނާތީ ނުވަތަ އިބިލީސް ހިފާފަ ހުރިވަރުން...
އަލީ ބަރާބަރު
މޮޔައިންނަށް ހީވާނީ އައްޔަ ލަވައަކާ އޮޅުލަނީ ކަމަށް. ދީން އެނގޭ އައްޔަ ކޮށްފަ ހުރި މަސައްކަތާއި، ވީ ގުރުބާނީ އެނގޭ މީހަކަށް އެނގޭނެ އައްޔަ ގެ ލަވައެއް އިތުރަށްނުޖެހުންކަން އޭނާގެ މަގުސަދަކީ.. ދީނަކި އަލީ ރަމީޒަށް އެކަނި އޮތް އެއްޗެއް ނުނެވެ. އަޅަމެންނަށް ހިދާޔަތް ދައްކަވާށި.
ހުއްދަނޫންކަމެއްކު ރަން ހުއްދަ ނަގަންޖެހޭބާ އަލީ
އޭރުގެ ލަވަތަކާ މިހާރުގެ ލަވަތަކާ ހާސް ތަފާތު.. މިހާރު އާނމުންތެރޭ ލަވައެއް މަގުބޫލްވެ މިދަނީ ކުރީގެ ކިޔާފަހުރި ލަވަތަތް ހަމަ... މިހާރު އިނގެނީ ލަވަކިޔާކަށްނޫން މިހާރު ގިނަ ލަވަ ތަކުގަ ލަވަނީ ހަޅޭ... ސްޓައިލް ސްޓައިލް ތަކަށް ކީމަ އާންމު ތެރޭ މާބޮޑު މަގުބޫލު ކަމެއް ނުލިބޭ.. ހިތާމަވެރި ލަވައެއްގަ ހިތާމަވެރި ކަމުގެ އަސަރެއް ނުހުރޭ..
މާތްﷲ މީހަކަށް ހެޔޮމަގަށް މަގުދެއްކެވުމުން އެކަން ބަލައިނުގަތް މީހަކަށްވުރެ މިގުފުރެދުން ބޮޑުމީހަކު ނުވެއެވެ. ބައެއްމީހުން ދީނީ ޢިލްމުވެރިން ދައްކާ ވާހަކަތައް އަޑުއަހަން ބޭނުންނުވަނީ އެއަޑުއެހުމަށް ފަހު އެގޮތަށް ޢަމަލުކުރަން ޖެހިދާނެތީއެވެ. ޢަލީ ރަމީޒަކީ މި ފަހުގެ ތާރީޚްގައި ރާއްޖެދުށް އެއްމެ މަޝްހޫރު އަދި އެންމެ މަޤުބޫލް ލަވަކިޔުންތެރިޔާއަށް ވެފައި އެކަމުން ނުހަނު ބޮޑު އާމްދަނީއެއް ލިބެމުންދަނިކޮށް މާތްﷲ ގެ ރަޙްމަތަށް އެދި އަދި އާޚިރަތަށް ބިރުވެތިވެ އެކަންކަން މުޅިންހުއްޓާލުން އެއީ ޙަޤީޤަތުގައި ވަރަށް ބޮޑަށް ވިސްނާ ފުކުރުކުރުމަށްފަހު އެޅި ފިޔަވަޅެކެވެ. މިދުނިޔޭގެ އުފަލާ ލައްޒަތަކީ ހަމަ ދާދިކުޑަ ހިނދުކޮޅެއްގެ ކަމެކެވެ. އެންއޮތީ ދާއިމީ ޙަޔާތެވެ. އެޙަޔާތުގައި ހުރިހާ އިފާވެރިކަމެއް ވާނީ ވަށާލެފައިވާ މީހަކަށް ވާނީ މިދުނިޔޭގެ ބައެއް އުފާތަކަށް ނޫނެކޭބުނަ ޤުރްބާނީތަކެއްވެގެންނެވެ. އެއީ ﷲ އެންގެވި ސީދާ ތެދުމަގުގައި ސާބިތުވެގެންނެވެ.
ޑާކް ރެއިން އަށް އިޙްތިރާމް ލިބިއްޖެ..
"މިހާރު އިނގެނީ ލަވަކިޔާކަށްނޫން މިހާރު ގިނަ ލަވަ ތަކުގަ ލަވަނީ ހަޅޭ..."
އަދި އެ ހަޅޭ ތަކުގައި ގޮވަނީ އަވަގުރާނަ، މައިންބަފައިން، ދަރިން ތިބޭ ތަނެއްގައި އެފަދަ ލަވައެއް އަޑުއިވުނަސް ލަދުން މަރުވާވަރުވޭ.
އޭރުގެ ލަވަކިޔުންތެރިން، އެކްޓަރުންނާއި އެކްޓްރެސް އިން ވެސް މާ ޑިސިޕްލިން. އަދި އޭރުގެ މެޖޯރިޓީ ލަވަތައް އަޑުއަހާލަން ހިތްގައިމުވެފަ ޅެންވެރިކަން ވެސް މާ ފުރިހަމަ.
އައްޔަ އަދިވެސް ސިއްރިޔާތުގައާއި ފާޅުގަ ލަވަޔާހެދީދޯ އުޅެނީ. މުނާފިގުންގެ ފާޑު
ސުވާލަކީ އައް
ސުވާލަކީ އައްޔަ ކިޔާފަ ހުރި ކޮޕީ ލަވަތައް ކިޔާފަ ހުރީ ހުއްދަ ހޯދައިގެންތޯ؟