ބޮލީވުޑުގެ އެކްޓަރ އިމްރާން ހަޝްމީގެ ގަޔަށް މީހަކު ގާ އުކައިފިއެވެ.

އިމްރާން އޭނާގެ ކުރިއަށް އޮތް ފިލުމު ''ގުރައުންޑް ޒީރޯ'' ގެ ސެޓުގައި ހުއްޓާ ފިލުމުގެ ޓީމުގެ މީހުންނާއި އޭނާގެ ގަޔަށް ގައު އުކި މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.

މި މަހުގެ 18 ވަނަ ދުވަހު ޕަހަލްގަމް ސަރަހައްދުގައި މި ފިލުމުގެ ޓީމުން ކުރި ޝޫޓިން ނިންމާލައިފައިވަނީ އެ ރޭގެ 7:15 ހާކަށް ހާއިރުއެވެ. އަދި އެވަގުތު އާއްމުންގެ މީހަކު އެމީހުންގެ ގަޔަށް ވަނީ ގައު އުކާފައެވެ.

ގައު އުކުމުގެ ސަބަބުން އިމްރާން ހަޝްމީއަށް އަނިޔާވި ކަމަށް ބައެއް މީޑިއާ ތަކުން ބުނެފައިވީ ނަމަވެސް އިމްރާން ވަނީ އެކަން ދޮގުކޮށްފައެވެ. އެކަމުގެ ސަބަބުން އޭނާއަށް އެއްވެސް އަނިޔާއެއް ނުވާކަމަށް ބުނެފައެވެ.

ޕަހަލްގަމް ޕޮލިސް ސްޓޭޝަނުން ބުނީ މި މައްސަލަ ފުލުހަށް ހުށަހެޅި ކަމަށާއި، ގައު އުކި މީހާ ހޯދައި އޭނާ ހައްޔަރު ކޮށްފައި ކަމަށެވެ.

''ގްރައުންޑް ޒީރޯ'' ގެ ޓީމުން ކަޝްމީރުގައި ޝޫޓް ކުރާތާ ދެ ހަފުތާ ވެއްޖެ ކަމަށާއި ނަމަވެސް އެއްވެސް މައްސަލައަކާއި ކުރިމަތި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް ޕަހަލްގަމްއަކީ ކުޑަ އަވަށެއް ކަމަށާއި އެތަނުން ޓީމަށް އަމާޒުކޮށް ކުރި މި ކަންތައް ކޮށްފައިވަނީ އެންމެ މީހަކު ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން އިމްރާން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކަޝްމީރުގެ މީހުން ވަރަށް ރަނގަޅު ކަމަށާއި އެމީހުންނަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށެވެ. އަދި ގައު އުކުމުގެ ސަބަބުން އެއްވެސް އަނިޔާއެއް ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Xura

    keekey bunaanee

  2. އާދަމް

    މުސްލިމު ނަމެއް ކިޔައިގެން ހިތުހުރި ވައްތަރަކަށް އުޅެންޏާ ގަލެއް ނޫން ކަނޑިން ވެސް ޖަހާ މަރާލާނެ.

    1
    1