ބޭންކު ލޯނެއް ހަމަޖެހުނު ތަނާ އޮޓޯ ޑްރައިވަރަކަށް ލޮޓަރީއަކުން 250 މިލިއަން ރުޕީސް ލިބިއްޖެއެެވެ.

އިންޑިއާގެ ޓްރިވެންޑްރަމްގެ އޮޓޯ ޑްރައިވަރެއް ކަމަށްވާ އަނޫޕްއަށް އޯނަމް ބަމްޕާ ލޮޓަރީއަކުން 250 މިލިއަން ރުޕީސް ލިބުނު އިރު އޭނާއަށް ލޯނު ދޭން ބޭންކުން އޮތީ އެޕްރޫވްވެސް ކޮށްފައެވެ.

އޭރު އަނޫޕް އޮތީ ޗެފެއްގެ ގޮތުގައި މަސައްކަތް ކުރަން މެލޭޝިއާއަށް ދާން ވެސް ނިންމައިފައެވެ

ނަމަވެސް އަނޫޕް މިހާރު ވަނީ މެލޭޝިއާއަށް ނުދާ ގޮތަށާއި ބޭންކް ލޯން ވެސް ނުނަގަން ނިންމައިފައެވެ.

ލޮޓަރީއިން ލިބުނު ފައިސާއިން ޓެކްސް ދެއްކުމަށް ފަހު ވެސް އޭނާއަށް 150 މިލިއަން ރުޕީސް ލިބޭނެއެވެ.

އަނޫޕް ބުނީ އޭނާއަށް ލިބުނު ފައިސާއިން މިހާރު ނިންމާފައި ވަނީ އާއިލާއަށް ގެއެއް ގަނެދީ އަދި ދަރަނިތައް އަދާ ކުރުމަށް ކަމަށެވެ.

އޭގެ އިތުރުން އާއިލާގެ މީހުންނަށް އެހީވެދީ ޗެރިޓީއަށް ވެސް ފައިސާ ދީ އަދި ހޮޓަލުގެ ވިޔަފާރިއަށް ވެސް ވަންނަން ޝައުގުވެރިވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ލޮޓަރީ ޓިކެޓްތައް ގަންނާނެ ކަމަށެވެ.

މީގެ ކުރިން ވެސް އަނޫޕްއަށް ލޮޓަރީ ޓިކެޓްތައް ގަނެގެން ފައިސާގެ އިނާމް ލިބިފައި ވެއެވެެ. ނަމަވެސް ކުރިން އޭނާއަށް އެންމެ ގިނަވެގެން ވެސް ލިބިފައި ވަނީ 5000 ރުޕީސްއެވެ.

މިދިޔަ އަހަރު ކެރެއްްލާގައި ބޭއްވި އޯނަމް ބަމްޕީ ލޮޓަރީއިން ވެސް 120 މިލިއަން ރުޕީސް ލިބުނީ އޮޓޯ ޑްރައިވަރަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަނު

    މިފައިސާޔަކީ ޙަލާލު ފައިސާޔަށްވަނެތޯ ނުވާނެތޯ؟؟؟؟

    • ރަން ރީނދޫ

      މުސްލިމުންނަށް ހުއްދައެއް ނޫން. އަލް މާއިދާ ސޫރަތުގެ 90 ވަނަ އާޔަތް ބައްލަވާ.