މިހާރު އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަނީ، ބައްޕައަކާއި، އޭނާގެ ފިރިހެން ދަރިފުޅު ފްލައިޓް ދުއްވުމުގައި ހަރަކާތްތެރިވާ ތަނެވެ. އެ ވީޑިއޯ އާއްމުކޮށްފައިވަނީ އެރިކް ލޭކް ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ އެ ވީޑިއޯ ނަގާފައި ވަނީ ބައްޕަ، އާއެކު އެއް ކޮކްޕިޓެއްގައި އިނދެއެވެ.

އެގޮތުން ފުރަތަމަ ކެމެރާއަށް ބަލައިގެން ހުރެ އޭނާ ވަނީ މަޑުމަޑުން ބައްޕައާ ދިމާލަށް ކެމެރާ އަމާޒުކޮށްފައެވެ. އެއިރު އޭނާގެ ބައްޕަ ދިޔައީ ދަތުރަށް ތައްޔާރުވަމުންނެވެ. އެކަމަކު ބައްޕައަށް އޭނާގެ ވީޑިއޯ ނަގާކަށް އެނގިގެން ކެމެރާއަށް ހިނިތުންވުން ދިނެވެ.

އޭނާ ކުރި އެހެން ޕޯސްޓެއްގައި ވަނީ، ބައްޕައާއެކު ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރަން ލިބުނީ ތިން އަހަރެއްހާ ދުވަސް ފަހުން ޑެލްޓާ އެއާލައިން މެދުވެރިކޮށް ކަމަށެވެ.

"މީގެ ގާތްގަނޑަކަށް ފަސް އަހަރު ކުރިން އަޅުގަނޑު ފުރަތަމަ އެ ކުންފުނީގައި ވަޒީފާއަށް ނެގިއިރު، ބައްޕައަކީ އަޅުގަނޑަށް ފުރަތަމަ ތަމްރީން ދިން އެ މަތިންދާބޯޓު (އެމްޑީ-88) ގައި އިންސްޓްރަކްޓަރެއް. އެހެންވެ އަޅުގަނޑުގެ އެންމެ ފުރަތަމަ ދަތުރުގައި ދެބަފައިން އެކުގައި ދަތުރު ކުރީ. އަޅުގަނޑުމެން މިގޮތަށް 10 ދަތުރު ކުރިން އެކުގައި. އެންމެ ފަހުން އަޅުގަނޑުމެން ބޭނުން ކުރި މަތިންދާބޯޓު ބޭނުން ކުރުން ހުއްޓާލީ. ދެން އެހެން މަތިންދާބޯޓަކަށް ފަހުން ބަދަލުވީ. އަޅުގަނޑު ދުއްވަން ފެށީ 737. ބައްޕަ ދުއްވަން ފެށީ އެއާބަސް 320/321އަށް/ މި ފާއިތުވި ހަފްތާއަކީ އަނެއްކާވެސް އަހަރެމެން އެކުގައި ކުރި ދަތުރެއް."

 

View this post on Instagram

 

A post shared by Erik Lake (@erik_cleared_for_takeoff)

ލޭކް ވަނީ ކުރިއަށް އޮތް އެއް އަހަރާއި ބައިގެ ތެރޭގައި ބައްޕަ އެ ދާއިރާއިން ރިޓަޔާ ކުރަން އުޅޭ ކަމަށްވެސް ބުނެފައެވެ. އަދި ރިޓަޔާ ކުރުމުގެ ކުރިން އެކުގައި ދަތުރެއް ކޮށްލުމަށް ދެ މީހުންވެސް ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.