ފްލޮރިޑާގެ މިއާމީން ޗިލީއަށް 271 ފަސިންޖަރުންނާއެކު ދަތުރުކުރަމުން ދިޔަ މަތިންދާބޯޓެއްގެ ފާޚާނާ ތެރެއަށް ވެއްޓި ޕައިލެޓެއް މަރުވެއްޖެއެވެ.

މި ހާދިސާ ހިނގުމާއެކު އެ މަތިންދާބޯޓު ވަނީ އާދީއްތަ ދުވަހުގެ ރޭ ޕެނަމާއަށް އެމަޖެންސީގައި ޖައްސާފައި ވަނީ ކޯ ޕައިލެޓެވެ.

މަރުވި ޕައިލެޓް ކެޕްޓަން އިވާން އަންދައުރަށް ހާލު ދެރަވާން ފެށީ ލަޓަމް އެއާލައިންސްގެ ފްލައިޓް ފުރިތާ ތިން ގަޑިއިރު ފަހުންނެވެ. އަދި ކްރޫން އޭނާއަށް އިމަޖެންސީގައި ފަރުވާ ދިން ނަމަވެސް އޭނާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

މި ބޯޓު ޖައްސާފައި ވަނީ ޕެނަމާ ސިޓީގެ ޓޮކިއުމެން އިންޓަނޭޝަނަލް އެއާޕޯޓަށެވެ. މިއާއެކު މެޑިކަލް އެކްސްޕާޓުން އަވަސްވެގަތީ ޕައިލެޓްގެ ހާލާތު ބެލުމަށެވެ. ނަމަވެސް އޭނާ މަރުވެފައިވާ ކަމަށް ބުނެފައި ވެއެވެ.

އަންޑައުރަކީ 25 އަހަރުގެ ތަޖުރިބާ ލިބިފައިވާ ތަޖުރިބާކާރު ޕައިލެޓެކެވެ.

"މިކަން ހިނގި ގޮތާމެދު ވަރަށް ބޮޑަށް ހިތާމަ ކުރަން. އޭނާގެ އާއިލާއަށް ވަރަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވަން. އޭނާގެ 25 އަހަރުގެ ކެރިއަރާއި، އޭނާ އަގުހުރި ހިދުމަތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، އޭނާގެ ހިތްވަރާއި، ޕްރޮފެޝަނަލިޒަމާއި، އިހްލާސްތެރިކަން، އަބަދުވެސް ފާހަގަކޮށްލެވޭ". އެއާލައިންގެ ބަޔާނުގައި ވެއެވެ.

އޭގެ ފަހުން މިދިޔަ އަންގާރަ ދުވަހު ޕެނަމާ ސިޓީން އެ މަތިންދާބޯޓު ފުރައިގެން ޗިލީއަށް ދަތުރު ފެށިއެވެ.

ނިއުޔޯކް ޕޯސްޓުން ބުނި ގޮތުގައި އަންދައުރު މަރުވިއިރު އުމުރަކީ 56 އަހަރެވެ.