އިންޑިއާގެ ގުޖްރާތްގައި ބްރިޖް ވެއްޓުނު ހާދިސަ ހިނގިއިރު، އެންމެ ކައިރީގައި މަންޒަރު ދުށް މީހަކީ އެ ސަަރަހައްދުގައި ސައި ވިއްކުމުގައި ހަރަކާތްތެރިވަމުން އަންނަ މީހެކެވެ.

"މީހުން ކޭބަލްތަކުގައި އެލިގެން ތިއްބާ ދެން ވެއްޓުނީ ކޯރުގެ ތެރެއަށް. އަހަރެން ނުނިދާ މުޅި ރޭ އުޅުނީ އެ މީހުންނަށް އެހީތެރިވެ ދިނުމުގައި. ހުރިހާ ކަމެއް ވެސް ވީ ސިކުންތުކޮޅެއްގެ ތެރޭގައި. ބްރިޖުގައި އެލިގެން ތިބި މީހުން ވެއްޓިގެން ދިޔަތަން ފެނުނީ، ފެންގަނޑަށް އެ މީހުން ވެއްޓިގެން ދިޔައިރު، ހަގީގަތުގައި ވެސް އެއީ ހިތްދަތި މަންޒަރެއް. ބްރިޖު ވެއްޓުނު މީހުންގެ ތެރޭގައި ބަނޑަށް ހަތް މަސް ފުރިފައިވާ އަންހެނަކު ވެސް ހިމެނޭ. އޭނާ ވަނީ މަރުވެފައި އެކަމުގެ ސަބަބުން އަހަރެންގެ ހިތް ވަނީ ފުނޑުފުނޑުވެގެން ގޮސްފައި"، އޭނާ ބުންޏެވެ.

އޭނާ މިގޮތަށް މީހުންނަށް އެހީވުމުގައި އުޅޭއިރު ސަލާމަތަށް އެދި އާދޭސް ކުރާ އެތައް ބަޔަކު ފެންނާނެ އެވެ.

ކޮންމެ އާދީއްތަ ދުވަހަކު ބްރިޖް ކައިރީގައި ސައި ވިއްކާ މީހާ، އެ ހާދިސާގެ ބިރުވެރިކަން ކިޔައިދެމުން ތަކުރާރުކޮށް ރުއި ކަމަށް އިންޑިއާ ޓައިމްސްގައި ކިޔާދީގފައި ވެއެވެ.

"ހަމަ ހުރިހާ ތަނެއްގައި މީހުން ދިޔައީ މަރުވަމުން. ވީހާވެސް ބޮޑަށް އެ މީހުންނަށް އެހީތެރިވާން މަސައްކަތް ކުރިން. މީހުން ހޮސްޕިޓަލަށް ގެންދިޔައިން". އޭނާ ބުންޏެވެ.

އޭނާ ކިޔާދީފައިވާގޮތުގައި، މީގެ ކުރިން އޭނާއަށް މިފަދަ މަންޒަރެއް ފެނިފައެއް ނުވެއެވެ.

އިތުރަށް އޭނާ ކިޔާދިންގޮތުގައި، އެއް ކުއްޖަކު އެ ވަގުތު ސަލާމަތް ކުރެވުނެވެ. އެއީ އަންހެން ކުއްޖެއްކަން ހާމަ ކުރަމުން ބުނެފައި ވަނީ އެކަމާ ވަރަށް އުފާވި ކަމަށެވެ. ނަމަވެސް އެ ކުއްޖާގެވެސް ފަހު ނޭވާލީ، ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި، އޭނާގެ ލޯ ކުރިމަތީގައި ކަމަށް އޭނާ ބުނެފައި ވެއެވެ.

އެ ބިރުވެރި ހާދިސާ ކިޔައިދެމުން ހަސީނާ ބެން ކިޔާ ނަމަަކަށް ކިޔާ އަންހެނަކު އޭއެންއައި އަށް ކިޔާދިންގޮތުގައި މުޅި ރޭ ހޮސްޕިޓަލަށް މީހުން ގެންދިއުމުގައި އޭނާ އާއި އޭނާގެ އާއިލާ އުޅެފައި ވެއެވެ.

"އަހަރެންގެ ދެ އުޅަނދު ވެސް ދީފިން މީހުން ހޮސްޕިޓަލަށް ގެންދިއުމުގައި ކަންތަކަށް. އަހަރެންގެ ދެ ފިރިހެން ދަރިއަކާއި، އަންހެން ދަރިއަކު ހުރިއިރު އަހަރެންގެ ދެ ދަރިން ވެސް ތިބީ ހަމައެކަނި މީހުންނަށް އެހީތެރިވެދިނުމުގައި". އޭނާ ކިޔާދިނެވެ.

އޭނާ ބުނީ، މަރުވެފައިވާ ކުދިން ހޮސްޕިޓަލަށް ގެންދިއުމުގައި އޭނާ އުޅުނުއިރު، އެއީ އޭނައަށް ވަރަށް އަސަރު ކުރުވި ވަގުތުކޮޅެއް ކަމަށް ބުނެފައި ވެެއެވެ،

ބްރިޖް ވެއްޓުނު ހާދިސާ ތަހުގީގު ކުރަމުންދާއިރު، މިއީ 150 އަހަރުވީ ބްރިޖެކެެވެ. މި ބްރިޖް މަރާމާތު ކުރުމަށްފަހު ހަތަރު ވަނަ އަށް ވީ ދުވަހު ވެއްޓުނުއިރު، މި ހާދިސާގައި މަރުވި މީހުންގެ އަދަދު ވަނީ 140 އަށްވުރެ މައްޗަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ހިންދީން މިރާއްޖޭގައި އަޅާ ބުރިޖަށް ވެސް ވާނީ ހަމަ ތިހެން. ތިފެންނަނީ ހިންދީންގެ ފެންވަރު. އައްޗީޑި.

    7
    4
  2. ހެ

    ފެނޭތަ.މީ ބުރިޖު އަޅާގައުމުގަ ޙާލަތު.އަދި އެއީ ތިލަ ކޯރެއް ހުރަސް ކޮށްފަ އަޅާފަ އޮތްބުރިޖެއްގެ ފެންވަރު.ހެއުނުވާނެ ފުން މާ ކަނޑު ހުރަސްކޮށް މި މީހުން ލައްވާ ބުރިޖު އަޅާކަށް.މިހާރުން މިހާރަށް ބުރިޖު އެޅުން ހުއްޓުވާ.

    3
    1
  3. އާދިލު

    މިތާ މި ކޮމެންޓު ކުރަނީ ހާދަ ގޮތެއް ނެތް ބައެކޭ. މީ 150 އަހަރަށް ވުރެ ގިނަދުވަސްވީ ބްރިޖެއް. މިރާއްޖޭގެ ބްރިޖް ވެއްޓޭނޭ ކިޔައިގެން ވާހަކަދައްކާކަށް ނުވެއެއްނު. ކޮންމެ ކަމެއް ސިޔާސީ ކަމަކަށް ނުހަދާ މި ހިތާމަވެރި ހާދިސާގަ މަރުވި މީހުނާއި އަނިޔާ ލިބުނު މީހުންނަށް ހެޔޮ ދުއާ ކޮށްދިނިއްޔަ ވާނީ ކީއް!!!

  4. އިބްރާހިމް

    އަދިވެސް ބްރިޖް އަޅާތި.

    1
    1