މިހާރު ވައިރަލްވެފައިވާ ވީޑިއޯއަކުން ފެނިގެން ދަނީ ފިރިހެނަކު ވަރަށް ނުރައްކާތެރި ސްޓަންޓެއް، ގެސޮލިން އާއި އަލިފާން ބޭނުންކޮށްގެން ހަދާ ތަނެވެ. އެކަން އޭނާ ކުރަމުން ދަނިކޮށް ނުރައްކާތެރި ހާލަތަކަށް މީހާގެ ފުރާނަ ނުވެއްޓުނީ ކިރިޔާއެވެ.

ގިނަ ބަޔަކު އެއްވެފައިވާ ތަނެއްގައި އޭނާ ސްޓަންޓް ހަދަމުން ދަނިކޮށް ތުނބުޅީގައި ރޯވީއެވެ.

އެ މީހާ ފެނިގެން ދަނީ ދެ އަތަށް އަލިފާން ޖަހާފައިވާ ދެ ދަނޑި ހިފައިގެން ސްޓަންޓް ޖެހުމުގައި އުޅޭ ތަނެވެ.

މިކަން ހިނގާފައި ވަނީ ކޮން ސަރަހައްދެއްގައި ކަން ނޭނގެއެވެ.

އެ ހަރަކާތުގެ ތެރެއިން އޭނާ ވަނީ އޭގެން އެއް ދަނޑި އޭނާގެ އަނގަޔާ ދިމާކޮށް، މޮޅު ސްޓަންޓެއް ހަދަން މަސައްކަތް ކޮށްފައެވެ. އެގޮތުން އެކަން ކުރަން އުޅެނިކޮށް އޭނާގެ ތުނގުޅީގައި ރޯވީއެވެ. އެ ސަރަހައްދުގައި ހަރަކާތްތެެރިވަމުން ދިޔަ މީހުން އޭނާއަށް އެހީވުމަށް ވަގުތުން ދިޔައިރު، އަލިފާން ނިއްވުމަށް އޭނާގެ މޫނުގައި އެތައް ފަހަރަކު ޖަހާފައި ވެއެވެ.

 

View this post on Instagram

 

A post shared by Ravi Patidar (@ravipatidar603)


އޭގެ ވީޑިއޯ އާއްމުކޮށްފައި ވަނީ، ރަވިޓްޕަޓިޑަރް ނަަމަކަށް ކިޔާ އިންސްޓަގްރާމް އައިޑީއަކުންނެވެ. އެ ވީޑިއޯއަށް 12 މިލިއަން ވިއުސް ލިބިފައިވާއިރު، ގިނަބަޔަކު ވަނީ އެފަދަ ކަންކަން ނުކުރުމަށް އޭނާއަށް ނަސޭހަތްތެރިވެފައެވެ. އަދި މިއީ އޭނާގެ ފުރާނަ ގެއްލިދާނެ ވަރުގެ ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު