ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ފޮޓޯ ނެގުމުގައި ހަރަކާތްތެރިވާ ޕަޕާރާޒީންނާ ދިމާލަށް ހަލޭލަވައިގަނެފިއެވެ.

ކެޓްރީނާ ޕަޕާރާޒީންނާ ދިމާލަށް ހަޅޭލަވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މިޑިއާގައި ދަނީ އާއްމުވަމުންނެވެ.

ބަތަލާ ކެޓްރީނާ މިހާރު ދަނީ އޭނާގެ އެންމެ ފަހުގެ ފިލްމް "ފޯން ބޫތް"އަށް ލިބެމުންދާ ކާމިޔާބީތައް ފާހަގަކުރަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ކެޓްރީނާ މިފަހަކުން ޕަޕާރާޒީންނާއި ދިމާލަށް ރުޅި އައިސްފައި ހަޅޭލަވައިގަނެފައި ވަނީ އޭނާ ޖިމަށް އައި ގަޑީގައެވެ.

އެގޮތުން ކާރުގެ ދޮރު ހުޅުވައިގެން ހުރެ އޭނާ ވަނީ ޕަޕާރާޒީންނާ ދިމާލަށް ހަޅޭލަވާފައެވެ.

"ތި ކެމެރާ ބަހައްޓަބަލަ ކަލޭމެން، އަހަރުމެން މިތަނަށް އައީ އެކްސެސައިޒް ކުރަން". ކެޓްރީނާ ބުންޏެވެ.

އޭނާ ވަނީ ފޮޓޯ ނަގާ މީހުން ވަނީ އޭނާ ކައިރިން މައާފަށް އެދިފައެވެ.

މީގެ ކުރިންވެސް ކެޓްރީނާގެ މިފަދަ ގޮތަކަށް ޕަޕާރާޒީންނާއި މެދު ކަންތައް ކޮށްފައެވެ. އޭނާއަކީ މާބޮޑަށް ޕަޕާރާޒީންނާއި ވާ މީހެއް ނޫނެވެ. އަދި 2016 ވަނަ އަހަރު ތެރޭގައި އޭނާ ވަނީ ޕަޕާރާޒީންނަށް އިންޒާރުވެސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ީީިުމަގޭ

    މާތްކަލާނކޯ.....މީ ވަރަށް މަތީ އުޅޭ އަންހެނެއް......ވެޑިން އަށް ވެސް ވެއްދީ ޕާސްވޯޑެއް ޖަހާފަ...

    6
    4
    • މުބީނު މާރނީ

      މި ޒަމާނުގައި ތިޔަބުނި ގޮތަށް "މަތި" ނުވާ މީހާ އަށް އޮންނަނީ ގިނަފަހަރަށް ލަނޑު ލިބިފަ. މި ޒަމާނުގައި "ކުޑަވައި އިނގިލި ދޭއިރަށް މުޅި އަތް ކާލާނެ". ޒަމާނާ ބަދަލު ގަޔާ، އައުރު އާޕު ނެހީ ބަފަލު ގައީ". މާނައަކީ "ޒަމާން ބަދަލް ވެއްޖެއެވެ. ނަމަވެސް ކަލޭ ބަދަލެއް ނުވެއޭ".

      10