ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އޭނާ އާއި ފިރިމީހާ، ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ދަރިފުޅުގެ މޫނު ފެންނަ ފުރަތަމަ ފޮޓޯ އާއްމުކޮށްފިއެވެ.

މި ދެމަފިރިންނަށް ފުރަތަމަ ދަރިފުޅު ލިބިފައި ވަނީ މި އަހަރުގެ ކުރީކޮޅު ސަރަގޭޓް މެދުވެރިކޮށެވެ. އެއީ އަންހެން ކުއްެޖެކެވެ. އެ ދަރިފުޅަށް ވަނީ މާލްޓީ މޭރީ ޗޯޕްރާ ޖޯނަސްގެ ނަމުން ވަނީ ނަން ދީފައެވެ. އަދި މި ކުއްޖާގެ ފޮޓޯތައް ދޭތެރެއަކުން އާއްމު ކުރާއިރު، މިހާ ބޮޑަށް މޫނު ފެންނަ ފޮޓޯއެއް މީގެ ކުރިން އާއްމު ކޮށްފައެއް ނުވެއެވެ.

ނަމަވެސް ޕްރިޔަންކާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ދަރިފުޅުގެ މޫނު ވަރަށް ބޮޑަށް ފެންނަ ފޮޓޯއެއް އާއްމު ކޮށްފައެވެ. އާއްމުކޮށް ދަރިފުޅުގެ ފޮޓޯތައް އާއްމު ކުރާއިރު، ޕްރިޔަންކާ ދަރިފުޅުގެ މޫނު ނުފެންނަ ގޮތަށް ހަދައެވެ.

އެކަމަކު މިފަހަރު ފޮޓޯއިން ދަރިފުޅުގެ މޫނު ދައްކާލި ނަމަވެސް، ލޯ ދައްކާފައެއް ނުވެއެވެ. މިއަދު ވަރަށް ހެނދުނު ޕްރިޔަންކާ މި ފޮޓޯ އާއްމު ކުރިއިރު، ބެލެވެނީ ދަރިފުޅު އޮތީ ނިދާފައި ކަމެވެ. ދަރިފުޅުގެ ލޯ ފޮރުވަން ބޮލުގައި އެއްޗެއް އަޅުވާފައި ވެއެވެ.

ދާދި ފަހުން ޕްރިޔަންކާ ވަނީ ވަރަށް ދުވަސްކޮށްފައި އިންޑިއާއަށް އައިސްފައެވެ. އަދި އޭނާ މިހާރު ދަނީ ބޮލީވުޑްގެ ފިލްމެއްގައި މަސައްކަތް ކުރުަމަށް ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނުނން

    ޗޯޕްރާ ގެ ނަހަލާލު ދަރި ؟

    8
    2
  2. އާދަނު

    ނިކްޖޯނަސްގެ މައިކަށިން ނުއުފެދޭ ، ޕްރިޔަންކާގެ ރަޙިމުގައި ގަރުބަ ނުގަނެ އުފަންވި ކުއްޖަކު އެދެމީހުންގެ ދަރިޔަކަށް ވާނެގޮތެއް ބުނެދީބަލަ؟

    12
    3
  3. ޔ

    މީސްމީހުން އެމީހުންގެ ދަރިންމޫނު ނުފެންނަގޮތަށްހަދާފަ ފޮޓޯޖަހަނީ ދަރިންގެސިފަހުތުރުވީމަލަދުން.

    7
    6
  4. އަލްޖިބްރާ

    ޕްރިޔަންކާ ދަރިއަކު ވިއެއީ ކޮންއިރަކުތަ ؟

    9
    2