ދުނިޔޭގެ އެންމެ ގިނަ މީހުން ބޭނުން ކުރާ މީސް މީޑިއާ ނެޓްވޯކް ކަމަށްވާ ފޭސްބުކް ބޭނުން ކުރުމުގައި ދަތިތަކެއް ދިމާވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފޭސްބުކް ސްޓޭޓަސް އަޕްޑޭޓް ކުރުމުގައި ގިނަ ބަޔަކަށް ވަނީ ދަތިތަކެއް ދިމާވެފައެވެ. ސްޓޭޓަސް އަޕްޑޭޓް ކުރަން މަސައްކަތް ކުރުމުން ސްޓޭޓަސް ލިޔަން އިންނަ ގޮޅި ގެއްލޭ ކަމަށް ބައެއް މީހުން ބުނެފައި ވެއެވެ.

ފޭސްބުކް ބޭނުން ކުރުމުގައި ދަތިތައް ދިމާވަމުން ދާތީ ޓްވިޓާގައި ވަރަށް ގިނަ މީހުން ވަނީ ޚިޔާލުފާޅުކޮށްފައެވެ.

ނަމަވެސް މައްސަލަ ދިމާވެފައި ވަނީ ދުނިޔޭގެ ހުރިހާ ސަރަހައްދަކަށް ކަމެއް ނުވަތަ ވަކި ސަރަހައްދުތަކަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.

ދިމާވެގެން އުޅޭ މައްސަލަ އާއި ބެހޭ ގޮތުން ފޭސްބުކް އިން މިހާތަނަށް އެއްވެސް މައުލޫމާތެއް ނުދެއެވެ.