ފްރިޖްގައި ބަހައްޓާފައި ހުންނަ އެންމެ މީރު ކެއުންތައް، ސިއްރުން ފިިރިމީހާ ކާތީ މާބަނޑު އަންހެނަކު މި ވަނީ އާ ފްރިޖެއް ގަނެ، އޭގައި ތަޅުއަޅުވައިފިއެވެ.

ރެޑިޓްގައި ލިޔުނު ޕޯސްޓެއްގައި ޗައިނާއަށް ނިސްބަތްވާ މި އަންހެން މީހާ ވަނީ އޭނާގެ ފުރަތަމަ ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފައެވެ.

"މިހާރު ދިހަ ހަފުތާ ވެއްޖެ ބަނޑުބޮޑުތާ، މާބަނޑުވުމުގެ އެންމެ ބޮޑު މައްސަލައަކީ ވަރުބަލިވުމާއި، މައިގަނޑު ގޮތެއްގައި ކެއުމާއި ބަނޑުހައިވުން. އަހަރެން ކިތަންމެ ކަމެއް ކުރިޔަސް ފުރިފައި ހުންނަހެން ހިއެއް ނުވޭ، މުޅި ދުވަހު ކައިގެން އުޅުނު ނަމަވެސް ތިން ޕައުންޑް ވަނީ ލުއިވެފައި".

އަދި ހަފުތާ ވީއިރު، އޭނާ އެންމެ ކަމުދާ ނާސްތާ ގެއަށް ގެންނަމުން ދިޔައެވެ.

"ޕިއްޒާ، ޕިކަލްސް، މޭވާ (ހާއްސަކޮށް އޮރެންޖް، މޭބިސްކަދުރު އަދި ކަރާ)، ޕޮޕްކޯން، ޗިކަން ނޫޑްލްސް ސޫޕް، ސްޓްރިންގް ޗީޒް ފަދަ ތަކެތި. ގާތްގަނޑަކަށް ފަސް ހަފުތާއެއްހާ ދުވަސް ވަންދެން މިކަން ކުރަމުންދިޔައިން". އޭނާ ބުންޏެވެ.

"މިދިޔަ ހަފުތާގައި އަހަރެންނަށް އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވީ އެންމެ ފޭވަރިޓް އައިސްކްރީމް ގަތީ، އެއީ "ނެޕޮލިޓަން". އޭތި ފްރީޒަރަށް ލުމަށްފަހު، މިހާރު މާސްޓަރސްއަށް ކިޔަވަމުންދާ އަހަރެން، ތެދުވެ އޭގެ މަސައްކަތް ފެށުމުން ތަށި ބޯން ގަސްތުކުރީ".

އެކަމަކު އެ އައިސްކްރީމްގެ އޭނާއަށް އެންމެ ކަމުދާ ވައްތަރު ބޯލާފައި ވަނީ އޭނާގެ ފިރިމީހާއެވެ.

އެކަމާ އޭނާއާ ފިރިމީހާއާ ދެމެދު ދެބަސްވިއެވެ.

އެންމެ ފަހުން އޭނާ ވަނީ އަމިއްލައަށް ފްރިޖަކަށް އޯޑަރުކޮށް، އެއަށް އޭނާއަށް ކަމުދާ ސްނެކްސް ލާން ފަށައިފައެވެ. އަދި އޭގައި ތަޅުވެސް ލިއެވެ.

އެކަމާއިވެސް އޭނާއާ ފިރިމީހާ ދެމެދު ޒުވާބެއް ކުރިއެވެ. އެކަމަކު ގިނަބަޔަކު ތިބީ އެ އަންހެން މީހާއާ އެއްކޮޅަށެވެ.