ޕާކިސްތާނަކީ ކައިވެނި ގިނަ ގައުމެކެވެ. އެމީހުންގެ އާއިލާތައް ވެސް ބޮޑެވެ. އެތަނުން އެކަކަށް ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލު ކަން މިހާރު ވަނީ ލިބެން ފަށައިފައެވެ. ޕާކިސްތާނަށް އުފަން އެ މީހާގެ ތިން އަނބިން ތިބޭ އިރު، އެންމެ ފަހުން މަރުހަބާ ކީ އެ ފިރިހެން މީހާގެ 60 ވަނަ ދަރިފުޅެވެ.

އެ ފިރިހެން މީހާ ބުނާ ގޮތުން ނަމަ، އަނބިން ބޭނުން ވަނީ ގިނަ ދަރިން ހޯދަން ބޭނުންވާތީއެވެ.

ޕާކިސްތާންގެ ސަރްދަރްޖާން މުހައްމަދު ހާންއަކީ ބަލޮޗިސްތާންގައި ދިރިއުޅޭ މީހެކެވެ. އޭނާގެ 60 ވަނަ ދަރިފުޅު އުފަން ވެފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެ ފިރިހެން ކުއްޖާ އަށް ކިއާފައި ވަނީ ހުޝާލްއެވެ.

އެމީހާ ބުނި ގޮތުގައި، އޭނާގެ އަނބިން އަދިވެސް ބޭނުން ވަނީ އިތުރު ކުދިން ހޯދާށެވެ. އަދި ހަތަރު ވަނަ އަންބަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އުމުރުން 50 އަހަރުގެ މި މީހާއަކީ ޑޮކްޓަރެކެވެ. އޭނާގެ ގޭގައި އަމިއްލަ ކްލިނިކެއް ވެސް ހިންގައެވެ.

"އަހަރެން ހުރިހާ ރަހްމަތްތެރިން ގާތުގައި ބުނެފައި އޮންނާނެ، ހަތަރު ވަނަ އަންހެނެއް ހޯދަން ކައިވެނި ކުރަން." ސަރްދަރްޖާން ބުނެފައިވެއެވެ.

ޕާކިސްތާންގައި އިންފްލޭޝަން ވަރަށް ބޮޑަށް މަތިވެފައިވާ އިރު، އެ ގައުމުގައި ދިރިއުޅޭ ފިރިހެނުން ހަރަދު ކުރުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އެ ގައުމުގައި ތަކެތީގެ އަގުތައް އިންތިހާ އަށް ވަނީ ބޮޑުވެފައެވެ. އެކަމަކު، އުމުރުން ދޮށީ ފިރިހެން މީހާ ދަނީ އޭނާގެ އާއިލާ އަށް ރަނގަޅު މުސްތަގުބަލެއް ހޯދައި ދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު