އިންޑިއާގައި ރޭލެއްގައި ޓިކެޓް ކަނޑަން ތިބި ދެ މުވައްޒަފަކު، ފަސެންޖަރަކަށް އަނިޔާ ކުރާ ވީޑީއޯއެއް އާންމުވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެ ރޭލު ބިހާރްގެ މުޒައްފަރްޕުރާ ހިސާބުން ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ.

މި ހާދިސާގެ ވީޑިއޯ ވައިރަލް ވެފައިވާއިރުގައި އެ ވީޑިއޯއިން ފެންނަނީ ޓިކެޓް ކަލެޓްކުރާ އެއް މުވައްޒަފަކު އެ ފަސެންޖަރުގެ ފައިގެ ހިފައިގެން ދަމާ މަންޒަރެވެ. އަދި ދެވަނަ އޮފިސަރު ގޮސް އެމީހާ ގައިގައި ހިފަހައްޓާ މަންޒަރު ފެނެއެވެ.

ދެ މުވައްޒަފުން ވެގެން އެ ފަސެންޖަރު ރޭލުގެ ތަޅުންގަނޑުމަތީގައި ދަމާފައި ގެންގޮސް އަނިޔާކުރާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

މި ހާދިސާ ހިނގި އިރުގައި ރޭލުގައި ތިބި މީހުން ފުރަތަމަ ބަލަން ތިބި ނަމަވެސް، ފަހުން މީހުންތައް ތެދުވެ، އެމީހާ ވަނީ ސަލާމަތްކޮށްފައެވެ.

ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމަނުޖެހުން ހިނގީ އެ ފިރިހެން މީހާ ޓިކެޓާ ނުލައި ރޭލަށް އަރާ ހުރުމުންނެވެ.

މި ހާދިސާއާ ގުޅިގެން ފަސެންޖަރަށް އަނިޔާކުރި ދެ މުވައްޒަފުން ވަނީ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފި ކަމަށް ބުނެ ސަސްޕެންޑްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު