އަމިއްލަ އަށް މަރުވި ބޮލީވުޑްގެ ތަރި ޝުޝާންތު ސިންގް ރާޖްޕުތްގެ އުފަންދުވަހާ ދިމާކޮށް އޭނަގެ ލޯބިވެރިޔާ ރިޔާ ޗަކްރަބަތީ އޭނަގެ ހަނދާންތައް އާ ކޮށްފިއެވެ.

މިއަދަކީ ޝުޝާންތުގެ އުފަންދުވަސް ކަމަށްވާތީ އޭނާގެ ލޯބިވެރިޔާ ރިޔާ އޭނާގެ ހަނދާންތައް އާކޮށް ހިތާމަ ފާޅުކޮށްފައި ވެއެވެ. ރިޔާގެ އިންސްޓާގްރާމްގައި ޝުޝާންތާ އެކީ ނަގާފައިވާ ފޮޓޯތަކާއި އެހެނިހެން ހަދާންތައް ރިޔާވަނީ ހިއްސާކޮށްފައެވެ.

ޝުޝާންތު އަމިއްލައަށް މަރުވިއިރު އޭނާ އުޅުނީ ރިޔާ އާ ރައްޓެހިވެގެންނެވެ. އެހެންނަމަވެސް އޭނަ މަރާލީ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އެހެންކަމުން މިމަރުގެ ތުހުމަތުގައި ރިޔާ ވަނީ މީގެ ކުރިން ހައްޔަރު ކޮށްފައެވެ. ސުޝާންތުގެ މަރާ ގުޅިގެން އޭނާގެ ލޯބިވެރިޔާ ރިޔާ ޗަކްރަބަތީ އާއި އޭނާގެ އާއިލާއަށް ވަނީ އެމަރުގައި އެމީހުންގެ ދައުރު އޮތް މިންވަރުގެ މައްޗަށް އެކި ކަހަލަ ތުހުމަތުތައް ކޮށްފައެވެ. އެގޮތުން މަޝްހޫރު ފިލްމް ޕްރޮޑިއުސަރ މަހޭޝް ބަޓާއި ރިޔާ އާއި ދެމެދުގައި އޮންނަނީ ކޮންކަހަލަ ގުޅުމެއްތޯވެސް ގިނަ ބަޔަކު ދިޔައީ ސުވާލު ކުރަމުންނެވެ.

14 ޖޫން 2020 ގައި އަމިއްލައަށް މަރުވި ޝުޝާންތުގެ ހަނދާނުގައި އޭނަގެ ދައްތަ ޝްވެތާ ސިންގް ކްރިތީވެސް ވަނީ ޝުޝާންތުގެ ހަނދާން އާކޮށްފައެވެ. ދުނިޔޭގައި ނެތަސް މިއަދަކީ އޭނަގެ އުފަންދުވަސް ކަމަށްވާތީ ޝުޝާންތުގެ އާއިލާއެކު ނަގާފައިވާ ފޮޓޯތައް އިންސްޓާގްރާމްގައި ހިއްސާކުރަމުން ކްރިތީ ބުނެފައިވަނީ އެކުގައި ނެތަސް އަބަދުވެސް ޝުޝާންތުގެ ހަނދާންތައް އެންމެނާއެކު ވާނެކަމަށެވެ. އަދި އަބަދުވެސް އާއިލާގެ ހެޔޮދުއާތައް ޝުޝާންތާއެކީ ވާނެކަމަށް ވަނީ ބުނެފައެވެ.

ޝުޝާންތު އެންމެ ފުރަތަ ފިލްމީ ދާއިރާއިން ފެނިގެން ދިޔައީ ޓީވީ ޝޯ "ޕަވިތްރަ ރިޝްތާ" އިންނެވެ. އޭގެ ފަހުން ޝުޝާންތުވަނީ ބޮލީވުޑް އިން ޖާގަ ހޯދާފައެވެ.

އިންޑިއާގައި މަގްބޫލުކަން ހޯދަމުންދިޔަ އެކްޓަރ ސުޝަންތް ސިންގ ރާޖްޕުތްއަކީ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އޭނާގެ ހުނަރު އާއްމުންއަށް ދެއްކި ކުޅަދާނަ ތަރި އެކެވެ.

ބޮލީވުޑްގައި 7 އަހަރު ހޭދަ ކޮށްފައިވާ އިރު އޭނާ ވަނީ އެމް.އެސް ދޮނީ، ޕީކޭ، ދިލް ބެޗާރާ، ޗިޗޯރޭ ފަދަ ކާމިޔާބު އެތައް ފިލްމަކުން އޭނާގެ ހުނަރުން އާއްމުން އާޝޯޙުކޮށްލައިފައެވެ.