މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާއާ އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި ބާސެލޯނާގެ ކުރީގެ ޑިފެންޑަރު ޖެރާޑް ޕީކޭއަށް މަލާމާތްކޮށް ނެރުނު ލަވަ ރެކޯޑްތައް މުގުރާލައިފި އެވެ.

"އައުޓް އޮފް ޔުއާ ލީގް"ގެ ނަމުގައި ޝަކީރާ ނެރުނު ލަވަ ވަނީ 24 ގަޑިއިރުގެ ތެރޭގައި ޔޫޓިއުބްގައި 63 މިލިއަން ވިއުސް ލިބިފަ އެވެ. މީގެ ކުރިން ލެޓިން އެމެރިކާގެ ގައުމެއްގެ ލަވަޔަކަށް 24 ގަޑި އިރުގެ ތެރޭގައި އެހާ ގިނަ ވިއުސް ލިބިފައެއް ނުވެއެވެ.

އެއާއެކު މަޝްހޫރު ލަވަ ޑެސްޕަސީތޯ 24 ގަޑިއިރު ބެލިމީހުންނަށް ވުރެ ޝަކީރާގެ ލަވަ ބެލި މީހުން ގިނަ އެވެ.

ޝަކީރާގެ ލަވަޔަށް އެހާ ބޮޑު ސަޕޯޓެއް ލިބުމުން އޭނާ ޓުވިޓާގައި ބުނީ ހަޔާތުގައި ދިމާވި ކަންކަމާ ހުރެ އެ ލަވަ ހެދުން ނޫން ގޮތެއް ނުފެނުނު ކަމަށެވެ.

އެ ލަވަ ވަރަށް ބޮޑަށް އާއްމު ވެފައިވާ އިރު ޝަކީރާ ވަނީ ޕީކޭގެ އާ ލޯބިވެރިޔާއަށް ވެސް މަލާމަތްކޮށްފައެވެ.

އެގޮތުން ޝަކީރާ ކަހަލަ މަޝްހޫރު ތަރިއަކު ދޫކޮށް އާދައިގެ ލޯބިވެރިޔަކު ހޯދުމަކީ އަގުބޮޑު ރޮލެކްސް ގަޑިއެއްގެ ބަދަލުގައި އަގު ހެގު ހެޔޮ ކޭސިއޯ ގަޑިއެއް އެޅުން ކަމަށް ވަނީ ސިފަކޮށްފައެވެ.

އެކަމާ ގުޅިގެން ޕީކޭ ވެސް ދަނީ ޝަކީރާއަށް މަލާމާތް ކުރުމުގެ ގޮތުން ކޭސިއޯ ގަޑިވެސް އަޅައި ފޮޓޯ ނަގަމުންނެވެ.

އޭގެ އިތުރުން ފޭނުން ވެސް ދަނި ކޭސިއޯ ގަޑިއާ ގުޅޭ ފޭކް އެކައުންޓްތައް ހަދައި ޕީކޭ، ކޭސިއޯ އިޝްތިހާރުކުރުމަށް މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށް ބުނެ ދޮގު ހަބަރުތައް ފަތުރަމުންނެވެ

ޝަކީރާ އާއި ޕީކޭ 11 އަހަރު ވަންދެން އެކުގައި އުޅުމަށް ފަހު ވަކިވީ މިދިޔަ އަހަރުއެވެ. އަދި ވަކިވުމަށް ފަހު އޭގެ ރުޅިގަނޑު ޕީކޭގެ އިތުރުން މައިދައިތައަށް ވެސް ޝަކީރާ ދަނީ ބާލަމުން ނެވެ.

ޖެރާޑް އާއި ޝަކީރާގެ ދެ ފިރިހެން ކުދިން ތިބެއެވެ. އެއީ ހަތް އަހަރުގެ މިލާން އާ ފަސް އަހަރުގެ ސާޝާއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޛާބެ

    މިއީ ވިމެންސް ރައިޓް ތޯ މިކަން ހައދުފަހަނައިޅާގޮސްފަ މިއޮތީ

    4
    2
  2. ޑިފެންސް

    ކޮބާ ހަމަ ކަމާ އިންސާފު ކޮބާ ޕީކޭގެ ހައްގުތައް

    2
    3
    • ނަނަނަ

      ހިލޭ އަންހެނަކާ އެކު އުޅެ ބޭވަފާތެރިވީމަ އެއޮތީ ހައްގު ދޫކޮށްލާފަ. އަންހެނުންނާ ފިރިހެނުންނާ ހަމަ ހަމަ... ހަމަ ހަމަ ވާ ކަންކަމުގަ، ފިރިހެނުން ހިތުގަ ޖެއްސުމުގަ އަންހެނުން އުޅޭނީ ކުރީގަ. އަނބިންނަށް ބޭވަފާތެރިވުމުގަ ފިރިހެނުން އުޅޭނީ ކުރީގަ. ފިފްޓީ ފިފްޓީ...

      4
      1
  3. ނައިޓް

    ކިހިނެއް ވަނީި hama hama ވުން ގަނޑު

    2
    1
  4. މުބީނު މާރނީ

    މިއޮތީ ޗޮޅޮސް ޕޮޅޮސް ވެފަ.