މިއަދު އިންޓަރނެޓްއަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކުޑަ ކުދިންވެސް ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. އިންޓަރނެޓްގެ ބޭނުން ކުޑަ ކުދިންނާއި ބޮޑެތި މީހުން ކުރަމުން ދާއިރު އިންޓަރނެޓްގެ ސަބަބުން ތަފާތު އެކި ގިނަ މައްސަލަތައްވެސް ދަނީ ކުރިމަތި ވަމުންނެވެ،

މިހާރު ހޫނުވެގެން އުޅޭ މައްސަލައަކީ "މޯމޯ" ނަމަކަށް ކިޔާ ކެރެކްޓަރއެއްގެ އެހީގައި ކުދިން ބިރުގަންނުވާ މައްސަލައެވެ. "މޯމޯ" ގެ ސަބަބުން އާޖެންޓީގައި ކުއްޖަކު މަރުވެފައިވާއިރު، އެމެރިކާގެ ގިނަ ހިސާބުތަކުގައި ކުޑަކުދިން އިންޓަރނެޓް ބޭނުން ކުރާއިރު ސަމާލުވުމަށް މިވަނީ އަންގާފައެވެ.

"މޯމޯ" އަކީ ސްޕެއިންގެ ބިރުވެރި ފިލްމެއްގައި އުޅޭ އެއްޗެކެވެ. އަދި މިކެރެކްޓަރ ބޭނުންކޮށްގެން ކުޑަ ކުދިން ލައްވާ ބަޔަކު ދަނީ ޗެލެންޖްތަކެއް ކުރިމަތި ކުރުވަމުންނެވެ. މިކުދިން މިކަން ނުކޮށްފިނަމަ މިކުދިންނަށް ބިރު ދައްކައެވެ.

ވަޓްސްއެޕް ބޭނުންކޮށްގެން ކުރާ މިމެސެޖްތަކުގެ ސަބަބުން ކުއްޖަކުވަނީ ބިރުން އަމިއްލަޔަށް މަރުވެފައެވެ. 12 އަހަރުގެ އާޖެންޓީނާގެ މިކުއްޖާ، މަރުވުމުގެ ކުރިން މިޗެލެންޖްތަކުގެ ތެރެއިން ބައެއް ޗެލެންޖްތައް ކުޅެ ވަނީ އިންޓަރނެޓްގައި އާއްމުކޮށްފައެވެ.

އިންޓަރނެޓްގައި ތިމާގެ ދަރިފުޅު އުޅޭނަމަ ދަރިފުޅު ވަންނަ ސައިޓްތަކާއި އުޅޭ ނޫޅޭ ގޮތް ބެލުމަކީ ބުއްދިވެރި ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު