ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހަމަހަމަ ފުރުސަތެއް އަދިވެސް އިންޑިއާގައި ލިބޭކަމަކަށް ނުވެއެވެ. ދެރަ މީހާ ދެރަކޮށްލާފައި ނިކަމެތި މީހާ ހުންނަނީ ނިކަމެތިކޮށްފައެވެ.

އުމުރުން 14 އަހަރުގެ ޕަރްސިންގ ޕަރިހާރްއަށް ނަމަކަށް ކިޔާ އެ ކުއްޖާއަކީ ފައިން ލިޔެ އުޅޭ ކުއްޖެކެވެ. އޭނާގެ އަތުން އެކަން ނުކުރެވޭއިރު، އޭނާއަށް ކިޔެވުމަށް ފުރުސަތު ދޭކަށް ގިނަ ސްކޫލްތަކުން ބޭނުން ނުވެއެވެ. އޭނާ ކިތަންމެ ކިޔަވަން ބޭނުންވިޔަސް އެ ފުރުސަތު ނުދެނީސް އެކަން ނުވާނެކަމަށް ޕަރިހާރް ވަނީ ބުނެފައެވެ.

އަބްޕާނީ ވިލޭޖަށް ނިސްބަތްވާ އެ ކުއްޖާއަށް ސްކޫލްގައި ކިޔެވުމަށް ފުރުސަތު ނޭދަކަމަށް ބުނެ އޭނާ ވަނީ ބުނެފައެވެ،

"އަހަރެންނަކީ ފަގީރު އާއިލާއަކަށް ނިސްބަތްވާ ކުއްޖެއް. އަށްވަނަ ސްޓޭންޑާޑަށްފަހުވެސް އަހަރެން ބޭނުންވީ ކިޔަވަން. އެއްވެސް ޕްރައިވެޓް އިންސްޓިޓިއުޓަކުންވެސް އަދި ސަރުކާރު ސްކޫލަކުންވެސް އަހަންނަށް އެޑްމިޝަން ނުދޭ. ޓީޗަރުން ބުނަމުން ދަނީ އަހަރެން ފައިން ލިޔާތީ އަހަންނަށް ސްކޫލަކަށް ވަނުމުގެ ފުރުސަތު ނެތް ކަމަށް". ޕަރިހާރް ބުންޏެވެ،

ސަރުކާރުގެ އިސް އޮފިޝަލުން ބުނީ، އެ ދަރިވަރަށް ފުރުސަތު ނުދިން ސްކޫލްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މިހާރު އޭނާއަށް ބަރްވަނީގެ ސަރުކާރުގެ ސްކޫލަކުން އެޑްމިޝަން ދީފައިވާކަމަށްވެސް އޮފިޝަލުން ބުންޏެވެ.

ބްރަވްނީ ހަޔާ ސެކަންޑްރީގެ ސްކޫލް 2 ގެ ޕްރިންސިލަޕް އިގްބާލް އާދިލް ބުނީ، ޕަރިހާރް އަށް އެ ސްކޫލުން އެޑްމިޝަން ލިބިއްޖެ ކަމަށާއި، އޭނާގެ ލިޔުން ވަރަށް ރީތިކަމަށެވެ. އަދި އެހެން ކުދިންނެކޭ އެއްފަދައިން އޭނާ އެ ސްކޫލްގައި އުފާވެރިކަމާއެކު ކިޔަވަމުންދާކަމަށްވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު