ފަހުގެ ތާރީޚަށް ބަލާއިރު ދުނިޔޭގައި އުފެދުނު އެންމެ ހުދުމުހުތާރު، އެންމެ އަނިޔާވެރި ވެރިޔާ ކަމަށް ގިނަ ބަޔަކު އެއްބަސްވާ ޖަރުމަންވިލާތުގެ އެޑޮލްފް ހިޓްލަރާއި އެއްގޮތައް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ހެދުން އަޅާ އެގޮތައް މަތިމަސް ބޭލުމުން އެޓޮލް ހިޓްލަރުގެ ނަމުން އޭނާ އާއި މުހާތަބު ކުރަން ފަށައިފިއެވެ.

ނަރަމާލީ ސިވަޕްރަސާދް ނަމަކަށް ކިޔާ މެންބަރު ވަނީ ޤާނޫނު ހަދާ މަޖިލީހުގައި ނާޒީ ސެލިއުޓް ވެސް ކޮށްފައެވެ. ނާޒީ ސެލިއުޓް ކުރުމަކީ ހިޓްލަރަށް ތާއިދު ކުރާކަން ދައްކަން ކުރާ ކަމެކެވެ. ނާޒީ ސެލިއުޓް ކުރުމަކީ ބައެއް ގައުމުތަކުގައި ޤާނޫނީ ގޮތުން އަދަބު ދެވޭ ބޮޑު ކުށެކެވެ.

ނަރަމާލީ ހިޓްލަރުގެ ހެދުން އަޅައިގެން ހިޓްލަރާއި އެއްގޮތައް މަތިމަސް ބާލައިގެން، ނާޒީ ސެލިއުޓް ކުރި ނަމަވެސް އޭނާ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހިޓްލަރު އަމަލު ކުރިގޮތައް އަމަލު ނުކުރަން ގޮވާލާފައެވެ.

ނަރަމާލީ ބުނީ މޯދީ އަކީ ވައުދު ފުއްދާ ބޭފުޅެއް ނޫންކަމަށާއި ނަރަމާލީ ނިސްބަތްވާ އަންދްރަ ޕްރަދޭޝް އަށް އިތުރު ފަންޑް ފޯރުކޮށްދިނުމަށް މޯދީ ކުރިން ވައުދުވި ނަމަވެސް އެވައުދު ފުއްދާފައި ނުވާ ކަމަށެވެ.

"މޯދީ އަކީ ރައްޔިތުން ބޭނުންވާ ކަންތައްތައް ކުރައްވާ ބޭފުޅެއް ނޫން. އަޅުގަނޑު ގޮވާލަން މޯދީ ވެސް ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެއްވުމަށް. މޯދީ ހިޓްލަރު އުޅުނު ގޮތައް ނޫޅެން އަޅުގަނޑު ގޮވާލަން." ނަރަމާލީ ބުންޏެވެ.

ނަރަމާލީ އަކީ ހަރުކަށި ހިންދޫންގެ ޕާޓީއެއް ކަމަށްވާ ދަ ޓެލުގޫ ދެސަމް ޕާޓީގެ މެންބަރެކެވެ. ކުރިން މޯދީގެ ސަރުކާރާއި އިއްތިހާދު ވެގެން އޮތް ނަމަވެސް އެޕާޓީ އިން ވަނީ މާޗް މަހު އިއްތިހާދު ރޫޅާލުމަށް ފަހު ސަރުކާރާއި ދެކޮޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަހުރަ

    ޭއޭނާ ވައްތަރީ ފިލްމީ ކޮމީޑިއަން އަކާ!!

  2. އަޙްމަދް

    ޖަރުމަނުން ހޭއަރުވަލާނެ ވިސްނައިގެން ތިބޭތި.