ޗައިނާގައި އަންހެނަކު، އޭނާގެ ލޯބިވެރިޔާ ރުޅިވުމުން ފުލުހުންނަށް ގުޅައިފިއެވެ.

މިދިޔަ ޖެނުއަރީ މަހު، ޗައިނާގެ އިރުމަތީގައި އޮންނަ ޒީޖިއާންގް ގައި ދިރިއުޅޭ އަންހެނަކު ފުލުހުންނަށް ގުޅާފައި ވަނީ، އޭނާގެ ލޯބިވެރިޔާ، ހަ އަހަރުވީ ލޯބީގެ ގުޅުން ނިންމާލުމުން، ލޯބިވެރިޔާ ވީ ތަނެއް ހޯދައިދިނުމަށް އެދިއެވެ.

އަންހެން މީހާ ވަނީ، ލޯބިވެރިޔާ އޭނާ އާއި ރުޅިވީ ކީއްވެތޯ ބަލައިދިނުމަށް އެދި ފުލުހުންގެ ކައިރީގައި ރޮއެ އާދޭސް ކޮށްފައެވެ.

"އޭނާ ހޯދުން ހަމަ އެހާ މުހިންމުތަ؟" އާންމުވެފައިވާ އޯޑިއޯ އެއްގައި ފުލުހުންގެ އޮފިސަރު ސުވާލުކުރާ އަޑު އިވެއެވެ.

އޮފިސަރު ވަނީ އަންހެން މީހާ ހަމައަކަށް އެޅުވުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން މީހުން ކުރާ މަސައްކަތްތަކަކީ ބޭކާރު މަސައްކަތްތަކެއް ކަން އަމިއްލައަށް ނޭނގޭހާ ހިނދަކު އެކަން ކުރުން ހުއްޓާލަން މީހުން ދެކޮޅު ހަދާ ވާހަކަ އޮންނަ ޗައިނާގެ ހަރު ބަހެއް އަންހެން މީހާ އާއި އެކު ހިއްސާކޮށް، އޮފިސަރު ވަނީ އޭނާ އަށް ވިސްނައިދޭން މަސައްކަތް ކޮށްފައެވެ.

"އެކަމަކު އަހަންނަށް ވިސްނާ ވިސްނާވެސް ނޭނގުނު އޭނާ އަހަންނާއި މެދު މިގޮތަށް ކަންތައް ކުރީ ކީއްވެ ކަމެއް.". އަންހެން މީހާ ރޮމުން ބުނެއެވެ.

"އޭނާ މިހާރުވެސް ވަރަށް ހިތްދަތިކަން ދީފި. އޭނާ އަނެއްކާ އަނބުރާ އައިސް ހަމަ އެބަސްތައް ތަކުރާރު ކޮށްފިނަމަ، އަނެއްކާވެސް އޭނާގެ ކައިރިއަށް ދާނަންތަ؟". ވިސްނުން ތޫނު އޮފިސަރު ބުނެއެވެ.

ފުލުސް މީހާ ގެ މަޑުމައިތިރި، އަދި ހިތްހެޔޮ މިޒާޖުގެ ސަބަބުން މީސްމީޑިއާގައި އޭނާ އަށް ވަރަށް ތައުރީފު ލިބިފައިވެއެވެ.

"މި މައްސަލައިގެ މޫ ތަކަކީ ކޮބައިކަން ތިފަރާތަށް އެނގެން ޖެހޭނެ، އަދި އޭނާއަށް ފައިދާ ނަގަން އެއްވެސް ފުރުސަތެއް ދީގެން ނުވާނެ. އޭނާއަކީ ކޮންކަހަލަ މީހެއްކަން މިހާރު ވަރަށް ސާފުކޮށް އެނގެ އެންނު. އޭގެ މާނައަކީ ދެން އޭނާ އާއި ހެދިގެން އުޅުމަކީ އެހާ މުހިންމު ކަމެއް ނޫނޭ. އެކަމަކު ތިފަރާތުގެ ލޯބި ހައްގުވާ ފަރާތެއް އިންތިޒާރުގައި ހުންނާނެ. ނަސީބުދެރަ މީހެކޭ ހިތަށް ނާރުވާ. އެކަމަކު އޭގެ ބަދަލުގައި ހިތަށް އަރުވާލާ ކައިވެނީގެ ފަހުގައި އޭނާގެ އަސްލު ކުލަތައް ފެނުމުގެ ބަދަލުގައި، މިހާރު ފެނުން ކަން ނަސީބޭ.". ފުލުސް މީހާ ބުނެއެވެ.

އަދި ފިރިހެން މީހާގެ ނަންބަރު ބްލޮކް ކޮށްލުމަށާއި، ރީތި ގޮތުގައި އޭނާ އާއި ރުޅިވެ، އެކަނި ހުރެގެން ފާޑު ފާޑުގެ ހިޔާލުތައް ކުރުމުގެ ބަދަލުގައި، ހަމަ ޖެހިފައިވާ ހިތަކާއި އެކު ބޭރަށް ގޮސް އެހެން މީހުންނާއި ބައްދަލުކޮށް އުޅުމަށް ފުލުސް މީހާ ވަނީ ނަސޭހަތްތެރި ވެފައެވެ.

މި ފުލުސްމީހާ ވަނީ ޗައިނާގެ މީސްމީޑިއާގައި ވަރަށް މަގުބޫލު ވެގެން ގޮސްފައެވެ. އަދި މި ވާހަކަ ވަނީ މި ހަފްތާގައި ޗައިނާގައި އެންމެ ގިނައިން ސާޗް ކުރެވުނު އެއް ހަބަރަށް ވެފައެވެ.

ފުލުސްމީހާ އަށް އެތައް ބައެއްގެ ތައުރީފު ލިބިފައިވާ އިރު، ބައެއް މީހުން ވަނީ އެވަރު ކަމަކު އަންހެން މީހާ ފުލުހުންނަށް ގުޅައި، ފުލުހުންގެ ވަގުތު ބޭކާރު ކުރުމުން ފާޑުވެސް ކިޔާފައެވެ.

"މި މައްސަލައާއި ހެދި އަންހެން މީހާ ފުލުހުންނަށް ގުޅީ. އަހަންނަށް މިހާރު އެބަ ވިސްނޭ އޭނާގެ ލޯބިވެރިޔާ އޭނާ ދޫކޮށްލީ ކީއްވެކަން." އެކަކު ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު