އުފަންވި އިރު ވެސް އަޑު އިވުމުން މަހްރޫމް ވެފައިވާ ކުއްޖަކަށް ފުރަތަމަ ފަހަރަށް އޭނާގެ މަންމަގެ އަޑު އިވުނު ވަގުތު މޫނު މައްޗަށް އައި އުފާވެރިކަމުގެ ސަބަބުން އެމަންޒަރު ފެނުނު މީހުންނަށް ވެސް އުފާވެރިކަން އިހްސާސް ކުރެވިއްޖެއެވެ.

އެލެކްސް ޑެންމަން އުފަންވީ ވެސް އަޑުއިވުމުން މަހްރޫމް ވެފައިވާ ކުއްޖެއްގެ ގޮތުގައެވެ. އިނގިރޭސިވިލާތުގެ ލިވަޕޫލަށް ނިސްބަތްވާ އެލެކްސްގެ މަންމަ ޖެންގެ އަޑު އެލެކްސްއަށް ފުރަތަމަ ފަހަރަށް އިވުނީ ކަފަންތުގައި ހާއްސަ އާލާތެއް ހަރުކޮށްގެންނެވެ.

"ހެލޯ. މިއީ މަމީ" އޭ ޖެން ބުނުމުން އެލެކްސްގެ މޫނުމަތިން ވަރަށް ބޮޑު އުފާވެރިކަމެއް ފެނުނު މަންޒަރު ވީޑިއޯ އިން ފެނެއެވެ.

https://www.youtube.com/watch?v=eNQLU4ThstA

އެލެކްސް އަށް ޖެން ބަލިވެ އިން އިރު ވެސް ތަފާތު މައްސަލަތައް ދިމާވިއެވެ. އެލެކްސް އުފަންވިތާ ދެވަނަ އަށްވި ދުވަހު އާންމު އުސޫލުން އޭނާ އަށް އަޑުއިވޭތޯ ބަލަން ޓެސްޓް ކުރިއެވެ. އެޓެސްޓުގެ ނަތީޖާ އިން ދެއްކީ ރަނގަޅަށް އަޑުއިވޭހެން ހީނުވާ ކަމަށެވެ. އެހެންކަމުން އިތުރު ޓެސްޓްތަކެއް ކުރިއެވެ. އެޓެސްޓްތަކުގެ ނަތީޖާ އިން ދެއްކީ އެލެކްސް އަކީ އަޑުއިވުމުން މަހްރޫމް ވެފައިވާ ކުއްޖެއް ކަމަށެވެ.

އެލެކްސް އަށް ފުރަތަމަ ފަހަރަށް އަޑުއިވުނު މަންޒަރު ޓްވިޓާގައި ބުރާސްފަތި ދުވަހު ހެނދުނު އާންމު ކުރުމާއި އެކު މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ވީޑިއޯ ބަލާފައެވެ. އަދި އެތައް ސަތޭކަ ބަޔަކު ވަނީ އެލެކްސްގެ އާއިލާ އަށް ލިބުނު ބޮޑު އުފަލުގައި ބައިވެރިވެ އެމީހުންގެ އިހްސާސްތައް މީސް މީޑިއާގައި ހިއްސާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު