ފްލައިޓްގައި ކާގޯ އާއި ލަގެޖް ބަހައްޓާފައި ހުންނަ ގޮތް ދައްކުވައިދޭ ވީޑިއޯއަކަށް މިލިޔަނަކަށްވުރެ ގިނަ ވިއުސް ލިބިއްޖެއެވެ.

ކްރިސް ސިމޮންސަން ނަމަކަށް ކިޔާ މީހަކު ޓިކްޓޮކްގައި އާންމު ކުރި ވީޑިއޯއަކުން ފެނިގެންދަނީ ފްލައިޓްގައި ބަހައްޓާފައި ހުންނަ ލަގެޖް އަތުރަމުންދާ ތަނެވެ. އެ ވީޑިއޯ އާންމު ކުރަމުން ކްރިސް ބުނެފައިވަނީ 110 ދަބަސް ފްލައިޓް ތެރޭ އަތުރާފައި ހުންނައިރު ހުންނަނީ އެގޮތަށް ކަމަށެވެ.

@chrizz300

Daily stacking💼✈️ #airpor #travellife #travel #fyp #plane #fypage #viral #ramp #workout #life #timelapse #2023 #foryoupage

♬ Love You So - The King Khan & BBQ Show

މި ވީޑިއޯއަށް އެތައް ބަޔަކު ކޮމެންޓުކޮށްފައިވާއިރު މިލިޔަނަށްވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ. ގިނަ ބައެއްގެ ސަމާލުކަމަށް އައިސް މަޤްބޫލުކަން ހޯދަމުންދާ މި ވީޑިއޯގެ އިތުރުން ކްރިިސް ވަނީ 104 ދަބަސް ފްލައިޓްގެ ކާގޯއަށް އަރުވާ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ.

ދަބަސްތައް ފްލައިޓުގައި އަތުރާލާފައިވާއިރު އެއްފޮށީގެ މައްޗަށް އަނެއް ފޮށި ލައި ފޮށިތައް ވަރަށް ރީއްޗަށް އަތުރާފައި ހުރެއެވެ. އަދި އެއްވެސް ފޮށްޓަކަށް ގެއްލުން ނުލިބޭ ގޮތަށް ވަރަށް ރައްކާތެރިކަމާއެކު ބަހައްޓާފައި ހުންނަތަން އެ ވީޑީއޯއިން ފެނިގެންދެއެވެ.

މިއީ 30 ސިކުންތުގެ ކުރު ވީޑިޔޯއެކެވެ. ވީޑިޔޯއިން ފެންނަގޮތުގައި ކްރިސް ހުރީ ފްލައިޓްގެ އެތެރޭގައެވެ. 110 ފޮށި ވަރަށް ފަރިތަކަމާއެކު ކްރިސް ދިޔައީ އަތުރަމުންނެވެ. އަނެއް ވީޑިޔޯއިން ފެނިގެންދަނީ ކުޑަ ފްލައިޓަކަށް 104 ދަބަސް ލަނިކޮށެވެ.

ކާގޯ އާއި ލަގެޖް ބަހައްޓާފައި ހުންނަނީ ފްލައިޓްގެ ޕަސިންޖަރުން ތިބޭ ބައިގެ ތިރީގައި ނުވަތަ މަތީގައި ހުންނަ ބައިގައެވެ.

ކްރިސް އެންމެ ފުރަތަމަ އާންމު ކުރި 104 ދަބަސް ފްލައިޓަށް އަރުވާ ވީޑީޔޯއަށް އެކަނިވެސް 8.2 މިލިޔަން ވިއުސް ވަނީ ލިބިފައެވެ. އަދި ހާހަކަށްވުރެ ގިނަ ކޮމެންޓު ލިބިފައިވެއެވެ.