ހިތަކީ ހަށިގަނޑުގެ އެންމެ މުހިންމު އެއް ގުނަވަނެވެ. އެހެނީ ހިތަކީ ހަށިގަނޑުގެ އެހެން ހުރިހާ ގުނަވަނަކަށް ލޭ ފޯރުކޮށްދޭ ވަސީލަތަށް ވުމުންނެވެ. ހިތުގެ މަށްސަލަތަށް ކުރިމަތިވާ މީހުންގެ އަދަދު ދުވަހަކަށް ވުރެއް ދުވަހެއް އަންނަނީ އިތުރުވަމުންނެވެ. ފަހަރުގައި އެއީ އިންސާނުންގެ އަމަލުތަށް ހުންނަ ގޮތުން ކަމަށްވެސް ވެދާނެއެވެ. ސިނގިރޭޓް ބުއިމާއީ ރާބުއިމާއި އެނާޖީޑްރިކްސް އާއި ފިޒީ ޑްރިންކްސް ބުއިމަކީ އެކަމުގެ ސަބަބުން ހިތުގެ ބަލިމަޑުކަމަށް މަގުފަހިވާ ކަންކަން ކަމީ ކޮންމެ މީހަކުވެސް ގަބޫލުކުރާނެ ވާހަކައެވެ.

ނަމަވެސް ދެން އޮތީ ހިތުގެ ބަލިތަށް ޖެހި ހިތް ހުށްޓުމަށް މެދުވެރިވާ ވަރަށް ނުރައްކާތެރި ސަބަބެކެވެ. އަދި އެ ސަބަބު ނައްތާލަން މުޖުތަމައުގެ އެންމެންގެ އެހީބޭނުންވާއިރު މިކަމަކީ މިއަދު އަތް އުރާލައިގެން ތިބެވޭވަރަށް ވުރެއް ނުރައްކާ ވާހަކައެކެވެ. އާދެ، އެއީ ވައި ނުސާފު ވުމެވެ. ފަހުގެ ހޯދުންތަކުން ދަށްކާ ގޮތުގައި ވައި ނުސާފުވުމުން ހިތަށް ވާ ގެއްލުން, ހިތް ހުށްޓުމުގެ ފުރަތަމަ ސްޓޭޖުގައިވާ ކަންކަމާއި ދާދި އެއްވަރެވެ. އަދި ސްޓްރޯކް ޖެހުމާއި ހިތުގެ އެކިއެކި ބަލިތަށް އެކަމުގެ ސަބަބުން ކުރިމަތިވެއެވެ.

އަދި ތަގައްޔަރުވެފައިވާ ވައިގެ ސަބަބުން ހިތުގެ ބަށްޓަމަށް ބަދަލު އަންނަ ކަމަށްވެސް ސައިންސްވެރިން ބުނެއެވެ. އަދި އާދަޔާ ހިލާފަށް ހިތް ބޮޑުވުމާއި އެނޫންވެސް ކަންކަން ވައި ނުސާފުވުމުން ކުރިމަތިވެއެވެ.

އެމެރިކާގެ ސައިންސްވެރިންވަނީ މިކަން ކަށަވަރު ކުރުމަށް 4000 ވުރެއް ގިނަ މީހުންގެ ދިރިއުޅުމުގެ އާދަތަށް ބަލައި މެޑިކަލް ޓެސްޓްތަށް ހަދައިފައެވެ. އަދި އެ މެޑިކަލް ޓެސްޓްތަކުން ދަށްކާ ގޮތުގައި ޓްރެފިކް ބޮޑު އަދި ފެކްޓަރީތަށް ގިނަ ތަންތާގައި ދިރިއުޅޭ މީހުންގެ ހިތުގެ ބަށްޓަމަށް ވަނީ ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފައެވެ. އަދި އެމީހުންނަށް ހިތުގެ ބަލި ޖެހުމުގެ ފުރުސަތު އާދައިގެ މީހުންނަށް ވުރެއް 37 އިންސައްތަ އިތުރުކަމަށްވެސް ސައިންސްވެރިން ބުނެއެވެ.