ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރުގެ މަންމަ ނީތޫ ކަޕޫރް އަންބީރުގެ ކުރީގެ ލޯބިވެރިންނަށް މަލާމާތްކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ.

ރަންބީރު ކަޕޫރަކީ އޭނާގެ ހަޔާތުގައި ވަރަށް ގިނަ ލޯބިވެރިން ގެންގުޅުނު މީހެކެވެ. މަޝްހޫރު ގިނަ ބަތަލާއިންނާއިއެކުގައި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ. ނަމަވެސް ކޮންމެވެސް ސަބަބެއް ދިމާވެ އެ ގުޅުންތައް ނިމެނީ އެވެ.

ރަންބީރު މިހާރު އުޅެނީ އާލިއާ ބަޓްއާއި ކައިވެނިކޮށްގެންނެވެ. އެ ދެމަފިރިން މިހާރު ދަރިއަކުވެސް ވަނީ ލިބިފަ އެވެ.

ރަންބީރުގެ މަންމަ ނީތޫ އޭނާގެ އިންސްޓަގްރާމްގައި ރަންބީރުގެ ކުރީގެ ލޯބިވެރިންނަށް މަލާމަތްކޮށް ފޮޓޯއެއް ހިއްސާކޮށްފައިވާ ކަމަށް އިންޑިއާ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

ނީތޫ ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މީހަކު ލޯބީގެ ގޮތުން ހަތް އަހަރު އެކުގައި އުޅުނު ކަމުގައިވީ ނަމަވެސް ކައިވެނި ނުކޮށްފާނެ ކަމަށެވެ.

"އަހަރެންގެ ބޮޑުބޭބެ ހަތް އަހަރު މެޑިސިން ކިޔެވި ނަމަވެސް އޭނާ މިހާރު އެއީ ޑީޖޭއެއް.". އެ ޕޯސްޓްގައި ވެއެވެ.

މި ޕޯސްޓާއިއެކުގައި ނީތޫ ރަންބީރުގެ ކުރީގެ ލޯބިވެރިންނަށް މަލާމަތް ކުރަނީ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ރަންބީރު މީގެ ކުރިން ވަނީ ދީޕިކާ ޕަދްކޯން، ކެޓްރީނާ، ސޯނަމް ކަޕޫރް ފަދަ މަޝްހޫރު ބަތަލާއިންނާއި ލޯބީގެ ގޮތުން ގުޅިފައެވެ. ނަމަވެސް އެ މީހުންނާއިއެކުގައި ރަންބީރަކަށް އުޅެވިފައެއް ނުވެއެވެ.