ހޮލީވުޑްގެ އެކްޓަރ ރޯބާޓް ޑީ ނިރޯ 79އ، އަށް ހަތް ވަނަ ދަރިއަކު ލިބުނުކަން އޭނާ ހާމަކޮށްފިއެވެ.

އީޓީ ކެނެޑާއަށް ދިން އިންޓަވިއުއެއްގައި އޮސްކާ ހާސިލްކޮށްފައިވާ މި ތަރި ވަނީ މިކަން ހާމަކޮށްފައި ވަނީ ކުރިއަށް އޮތް އޭނާގެ ފިލްމާއި ގުޅޭގޮތުން ވާހަކަދައްކަމުންނެވެ.

އޭނާ ކުރިއަށް އޮތް ފިލްމަކީ "އެބައުޓް މައި ފާދާ"އެވެ.

އެގޮތުން އިންޓަވިއު ދިން މީހާ އޭނާގެ ހަ ދަރިންނާ ބެހޭ ގޮތުން ސުވާލު ކުރުމުން އޭނާ ވަނީ "ހަތް" ކުދިން ތިބޭކަން ހާމަކޮށްފައެވެ. އެހެން ނަމަވެސް އެކަމާ ގުޅޭގޮތުން އޭނާ މާބޮޑަށް ވާހަކަ ދައްކާފައެއް ނުވެއެވެ.

އޭނާގެ ރިޕްރެޒެންޓޭޓިވްއެއްވެސް ވަނީ އޭނާގެ ހަތް ކުދިން ތިބޭކަން ކަށަވަރުކޮށްދީފައެވެ.

އެކަޑަމީ އެވޯޑް ހާސިލް ކޮށްފައިވާ ރޮބާޓް އަށް މީގެ ކުރިން ހަ ދަރިން ލިބިފައިވެއެވެ. ރޮބާޓް އާއި އޭނާގެ ފުރަތަމަ އަންހެނުން ޑިއާނޭ އެބޮޓް އަކީ އަންހެން ދަރިފުޅު ޑްރެނާ، 51އ، އާއި ދަރިފުޅު ރަފައެލް، 46އ، ގެ މައިންބަފައިންނެވެ. 1995 ވަނަ އަހަރު ރޮބާޓްއަށް ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ، މޮޑެލް އަދި ބަތަލާ ޓޫކީ ސްމިތުއާއެކު ދެ ދަރިން ކަމަށްވާ ޖޫލިއަން އާއި އާރޮން، 27އ، އަށް މަރުހަބާ ކިޔާފައެވެ. ޕީޕަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާގެ ފިރިހެން ދަރިފުޅު އެލިއޮޓް، 24އ، އާއި އަންހެން ދަރިފުޅު ހެލެން ގްރޭސް، 11އ. އަކީ އޭނާގެ ކުރީގެ އަނބިކަނބަލުން ގްރޭސް ހައިޓަވާއާ އަށް ލިބުނު ކުދިންނެވެ.

ދ ގޯޑްފާދާ އެކްޓަރ ރޮބާޓް އަކީ ކާފަ އެއްވެސް މެއެވެ.