އިނގިރޭސިވިލާތުގެ ލަންޑަން ގައި އުމުރުން 25 އަހަރުގެ ޒުވާން ފިރިހެނަކު، މަންމަ އަކާއި އޭނާގެ ދަރިފުޅަށް މަރުތޭލަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ. މި ހަމަލާގެ ސަބަބުން އަނިޔާވެގެން ފަރުވާދެމުން ދަނީ އުމުރުން 60 އަހަރުގެ އަންހެނަކަށާއި އޭނާގެ އުމުރުން 30 އަހަރުގެ އަންހެން ދަރިފުޅަށެވެ.

މި ދެމީހުނަށް މިހާރު ލަންޑަންގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާދެމުންދާއިރު ދެމީހުންނަށްވެސް ލިބިފައި ވަނީ ސީރިއަސް އަނިޔާތަކެއް ކަމަށާއި ދެ މީހުންގެ ހާލުވެސް ވަރަށް ދެރަކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ސިއްޙީ އޮފިޝަލުން ބުނެއެވެ.

މި ހަމަލާގައި ޒަޚަމްވި ދެމީހުންގެ ތެރެއިން އުމުރުން ދުވަސްވީ މީހާއަށް ހަމަލާދީފައިވަނީ ބޮލަށާއި މޫނަށް ކަމަށް ޑަކްޓަރުން ބުނެފައިވާއިރު އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ޑޮކްޓަރުން ބުނެއެވެ. އަދި ހަށިގަނޑުގެ އެކިތަންތަނުގައި އަނިޔާގެ ނިޝާންތަށް ފެންނަންހުރިކަމަށް ވެސް އެފަރާތްތަކުން ބުނެއެވެ.

މި ހާދިސާގައި އަނިޔާވި ދެމީހުންވެސް އަދި ހޭނާރާކަމަށް އޮފިޝަލުން ބުނެފައިވާއިރު، ހާދިސާ ހިނގައިދިޔަގޮތް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ. ނަމަވެސް އެ ދެމީހުންނަށް ހަމަލާދިނުމަށްފަހު ފިރިހެނަކު އެމީހުންގެ ގެއިން ނިކުމެގެންދިޔަ މަންޒަރުދުށް މީހަކު ބުނީ އޭނާ ހަމަލާދިނުމުގެ ސަބަބުން ދެ އަންހެނުންގެ ބޮލުގެ ނާށިގަނޑުން ބައިތައް ބިންމަތީގައި ހުރިކަމަށެވެ.

މި މައްސަލައިގައި ހަތަރު މީހަކަށް ޝައްކު ކުރެވޭ ކަމަށް ފުލުހުން ބުނެފައިވާއިރު އެ މައްސަލައިގައި މިހާތަނަށް އަދި އެއްވެސް ފަރާތަކުން ހައްޔަރު ކޮށްފައެއް ނުވެއެވެ. ނަމަވެސް އެމީހުން ހޯދުމުގެ މަސައްކަތް އެފަރާތްތަކުން ދަނީ ކުރަމުންނެވެ. މީގެ ކުރިންވެސް ލަންޑަންގައި ވަނީ މަރުތޭލަކުން އަނިޔާދީ މާބަނޑު އަންހެނަކު ވަރަށް ބޮޑަށް ޒަހަމް ކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ިެިެިެިެިެިެިެިެިެިެހެހެހެހެހެ

    ހަން ފަތުރާމީހުންގެ ވާހަކަ ކީއްކުރަން. ތީ ހުރިހާތާކައް ހުނދުޅބާނާބައެް..