ބޮލީވުޑްގައި އެންމެ ފާހަގަކޮށްލެވޭ އަދި ދުވަސްވީ ފަންނާނުންގެ ތެރޭގައި ހިމެނޭ އަމީތާބް ބަޗަން "ހައްޔަރު" ކޮށްފައިވާ ކަމަށް ބުނެ ޖޯކު ޖަހައިފިއެވެ.

އޭނާ ވަނީ "ހައްޔަރު"ކޮށްފައިވާ ކަމަށް ބުނެ ޕޯސްޓެއް އާއްމުކޮށްފައެވެ. އެ ޕޯސްޓުގައި އޭނާ ފެންނަނީ ފުލުހުންގެ ޖިޕެއް ކައިރީގައި މަޑުކޮށްލައިގެން ހުންނަ ތަނެވެ.

 

View this post on Instagram

 

A post shared by Amitabh Bachchan (@amitabhbachchan)

އެ ފޮޓޯއާއެކު އަނެއްކާވެސް އަބީތާބް ޖޯކު ޖެހީކަން އޭނާގެ ފޭނުންނަށް ޔަގީންވިއެވެ. ފޭނަކު ކޮމެންޓްކޮށްފައި ވަނީ މިއީ ޖޯކެއް ކަން ޔަގީންވާ ކަމަށެވެ. އެހެން މީހަކު ކޮމެންޓް ސެކްޝަނުގައި އޭނާގެ މަގުބޫލު ޑައިލޮގެއް ފާހަގަކޮށް ބުނެފައި ވަނީ "11 ގައުމެއްގެ ފުލުހުން ޑޮންގެ އިންތިޒާރުގައި ތިބި ނަމަވެސް އޭނާ ހިފެހެއްޓުމަކީ އުނދަގޫ ކަމެއް ނޫން، ނާދިރު ކަމެއް". ކަމަށެވެ. "އެންމެ ފަހުން މުމްބާއީ ފުލުހުން ޑޮން ހިފަހައްޓައިފި". އިތުރު މީހަކު ލިޔެފައި ވެއެވެ.

މިދިޔަ އާދީއްތަ ދުވަހު އަމީތާބް މީހަކާއެކު ސައިކަލު ފަހަތުގައި އިންދާ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި އާއްމު ކުރުމާއެކު، ހެލްމެޓް ނާޅާ ކަމަށް ބުނާ ވާހަކަތަކެއް ފެންމަތިވިއެވެ.

އެކަމަކު އޭނާ ވަނީ އެެއީ ފިލްމެއްގެ މަންޒަރެއްކަން ހާމަކޮށްފައެވެ. އަދި ކަންތައް ވީގޮތް އޭނާގެ ބްލޮގްގައި ހިއްސާ ކޮށްފައި ވެއެވެ.

"މިއީ މުމްބާއީ ގެ މަގުމަތީގައި ލޮކޭޝަން ޝޫޓިންގައި ކުރިއަށް ގެންދަނިކޮށް ނަގާފައިވާ ފޮޓޯއެއް. އެއީ އާދީއްތަ ދުވަސް، ޝޫޓިން އަށް ރަސްމީ ހުއްދަ ނެގިިން. އާދީއްތަ ދުވަހަށް ހުއްދައަށް އެދުނީ ހުރިހާ އޮފީސްތަކެއް ބަންދުވެ، އާންމުންނާއި ޓްރެފިކް ވެސް ނެތުމުން. ޝޫޓިންއަށް ފުލުހުން ދިން ހުއްދައާ އެކު އެ ސަރަހައްދުގެ އެއް ލޭން އޮތީ ބްލޮކްކޮށްފައި. އަހަރެން ލައިގެން ހުރި އެއްޗެއްސަކީ ފިލްމަށް އަހަރެންގެ ކޮސްޓިއުމް". އޭނާ ބުނެފައި ވެއެވެ.

އަމީތާބް މިހާރު އަންނަނީ ރިބޫ ދާސްގުޕްތާ ޑައިރެކްޓްކުރާ "ސެކްޝަން 84" ގެ ޝޫޓިންގެ މަސައްކަތްތައް ކުރަމުންނެވެ. މީގެ އިތުރުން ޕްރަބާސް އާއި ދީޕިކާ ޕަދުކޯން އާއެކު "ޕްރޮޖެކްޓް ކޭ" ފިލްމް އިން ވެސް އޭނާ ފެނިގެން ދާނެއެވެ.