މެކްސިކޯގެ ރަށްބޭރުގައިވާ ހޮހަޅައަކުން 70 ގަރުނުވެފައިވާ ނުވަތަ 7،000 އަހަރުވެފައިވާ މިނި ކަށިތަތެއް ހޯދައިފިއެވެ.

ނޭޝަނަލް އިންސިޓިއުޓް އޮފް އެލްރޯޕޮލޮޖީ އެންޑް ހިސްޓޮރީ (އައި.އެން.އޭ.އެޗް) ގެ ސައިންސްވެރިން މި މިނިކަށިތަށް ހޯދައިފައިވާއިރު އެ ހޮހަޅައިގެން ވަނީ 5،000 އަހަރުވެފައިވާ މިނިކަށިތަކެއްވެސް ހޯދައިފައެވެ.

ސައިންސްވެރިންގެ ނަޒަރުގައި މަރުވެފައިވާ މިނިކަށިތަކަކީ އެކި ޒަމާނުގައި އެ ހޮހަޅައިގެ ހިޔާވަހިކަމުގައި ދިރިއުޅުނު މީހުންނެވެ. އަދި އެކަމަށް ހެކި ލިބޭ ބައެއް ކަހަލަ އާލާތްތަށް ފެނިފައިވާއިރު ހޮހަޅައިގެ އެކި ހިސާބުތަކުގައި ކަނޑާ ނަގާފައިވާ ލިޔުންތަށް ހުރި ކަމަށްވެސް ސައިންސްވެރިން ބުނެއެވެ.

ޕުުޔިލް ކޭވްގެ ނަމުން ނަންދީފައިވާ އެ ހޮހަޅައިން ހޯދި މިނިކަށިތަކާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެ ކަށިތަށް އައި.އެން.އޭ އެޗްގެ ލެބޯޓަރީއަށް ގެންގޮސްފައިވާއިރު އެ ކަށިތަކަކީ ކޮން އާއިލާއަކަށް ނިސްބަތްވާ ކަށިތަކެއްކަން ވަރަށް އަވަހަށް ހާމަވެގެންދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ. އަދި އެމީހުން މަރުވެފައިވަނީ ކޮން ސަބަބަކާއި ހުރެގެންކަންވެސް ވަަރަށް އަވަހަށް ހާމަވާނެ ކަމުގައި ސައިންސްވެރިން ބުނެއެވެ.

ޕުޔިލް ކޭވްއިން އެކި ޒަމާނުގައި އުޅުނު 23 މީހުންގެ ކަށިތަށް ފެނިފައިވާއިރު އޭގެ ތެރޭގައި ހަ ކުޑަކުދިންނާއި ފަސް އަންހެނުން ހިމެނޭ ކަމަށް ސައިންސްވެރިން ބުނެއެވެ.

މެކްސިކޯއިން މީގެ ކުރިންވެސް ވަނީ ގަދީމީ އެތަކެއް ކަމެއް ހޯދައިފައެވެ. އެގޮތުން އެތަކެއް ހާސް އަހަރުވެފައިވާ މާސިންގާ ސިޓީއެއް އެރަށުގެ އަޑިން ހޯދައިފައިވާއިރު ދުނިޔޭގެ އެންމެ ބޮޑު އަންޑަރވޯޓާ ކޭވްވެސް ހޯދައިފައިވަނީ މެކްސިކޯއިން ނެވެ. އަދި އޭގެ ފަހުން 5،000 އަހަރުވެފައިވާ އެތްތަކެއްގެ ކަށިތަށްވެސް މެކްސިކޯއިން ވަނީ ހޯދައިފައެވެ..