މެދުކެނޑުމަކަށްފަހު ސްކޫލްތަކުގެ ލަވަމުބާރާތް މިމަހުގެ 16 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

ސްލޫކު ކުދިންގެ ލަވަ މުބާރާތަކީ ރާއްޖޭގެ ހުރިހާ ސްކޫލުތަކުން ބައިވެރިވެވޭނެ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީ އާއ ސެންޓަރ ފޯ ދި އާރޓްސް އަދި ޕަބްކިލް ސާރވިސް މީޑިއާ ގުޅިގެން ބާއްވާ މުބާރާތެކެވެ.

މިއަހަރުގެ ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި މާލެއާއި އަތޮޅުތަކުގެ ސްކޫލްތައް ހިމެނޭހެން 32 ސްކޫލަކުން ޖުމްލަ 273 ދަރިވަރަކު ވާދަކުރާނެއެވެ.

ޖުމްލަ ހަ އުމުރުފުރާއަކަށް ބަހާލައިގެން މުބާރާތް ކުރިއަށްދާއިރު، ކުދިންގެ ހުށަހެޅުންތައް ގެނެސްދޭން ހަމަޖެހިފައިވަނީ މިމަހުގެ 16 އިން 20 އަށް ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަކަށް، އަދި ރޭގަނޑު 8 އިން 11 އަށް ޕީ.އެސް.އެމްގެ "ޔެސް ޓީވީ" މެދުވެރިކޮށެވެ. އަދި މުބާރާތުގެ ފައިނަލް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވާ ހޮނިހިރު ދުވަހުގައެވެ.

މިއަހަރުގެ ލަވަމުބާރާތް ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، މުބާރާތުގެ ފަނޑިޔާރުކަންކޮށްދެއްވާނެ ފަރާތްތަށްވެސް މިހާރު ވަނީ ކަނޑައަޅާފައެވެ.

މިއަހަރުގެ މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާ ފަރާތްތަކަކީ:

• ކާނަލް ޢަލީ މަނިކު (ދާރީ)
• އާދަމް ނަޞީރު އިބްރާހީމް
• ޝިފާ ތަޢުފީޤު
• މުޙައްމަދު ޢާމިރު އަޙްމަދު (ފަރެސް)
• މަރްޔަމް އުނޫޝާ
• މުޙައްމަދު ޝުހައިލް
• ފާޠިމަތު ފެޒްލީން

މީގެ އަހަރުތަކެއް ކުރިން ސްކޫލްތަކުގެ ލަވަ މުބާރަތަކީ ވަރަށް ފޯރީގައިި ރާއްޖޭގައި ބޭއްވި މުބާރާތެކެވެ. އެމުބާރާތްތަކުން އުފެދުނު ވަރަށް ގިނަ ލަވަކިޔުންތެރިން މިހާރު ވެސް ރާއްޖޭގެ މިއުޒިކީ ދާއިރާގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އާދަނު

    ލަވަ ހުށައަޅާދިނުމަށް ޖަޖުކުރާއިރު ލައިގެން ހުންނަ ހެދުމާ ، ކޮށްފައި ހުންނަ މޭކަޕްއާ ، ނިސްބަތްވާ ޢާއިލާއަށާ ، ހުރިގާތްކަމަށް ބަލާފަ މާކުސްދިނީމާ ރަގަޅުވާނެ! މިހާތަނަށް އެކަންވެފައި އޮތީ އެގޮތަށް ފުރަތަމަ 4 މުބާރާތް ފިޔަވައި!
    ޅެންވެރިކަމަށް މާކުސްދޭއިރު އެކަމަށް ޖަޖުކުރާ މީހުން ފަރިތަ ދަންނަ މީހާއަށް ގިނަމާކުސް ދިނީމާ ރަގަޅުވާނެ! ދެން ބުނާނީ މީ ލަވައެއް ނޫނޭ! ޅެމަށޭ މަކުސްދިނީ!

    8
    1
  2. ޢަލީ

    ކޮބާ ޒައިދު އާއި އިޔާޒު! ކޮބާ ސަލަފު؟ މި ސަރުކާރުން ކުރީމާ ލަވަޔާއި މިޔުޒިކް ހުއްދަވީތޯ؟

    14
    1
  3. ޒީ

    ތިޔަށް ވުރެން މާ ފުންނާބު އުސް ފަނޑިޔާރުން އެބަތިބި. އޮންލައިންކޮށް ކުރިމަތިލާން ހުޅުވާލިނަމަ އެކަން އެނގުނީސް. އަބަދު އެއްބައެ ތިކަން ކުރީމަ މުސްތަޤިއްކުކަން ގެއްލޭ.

    6
    1
  4. Anonymous

    އިޔާޒޫ އިލިޔާސް ޒައިދު ތިބޭޅުންގެ ބަސްއަހާ ސަރުކާރެއް ކަމަށް ބުނެފައި އޮތީ. ކީއްވެތޯ މިކަމަށް ދީނުގައި އޮތްގޮތް އަދި ބުނެ ނުދެވުނީތޯ

    9
    1
  5. މޯލްޑިވްސް

    ހާދަ ގިނަދުވަހެއްފަހުން ތިފަށަނީ މޯލްޑިވިއަން އައިޑޮލް ސީޒަން 4 ކޮންއިރަކުންބާ ފަށާނީ

    3
    1
  6. ހުސޭނުބޭ

    އެންމެން ކިޔެވީ އެއްފޮތަކުން ފެންނަގޮތުން 10 ،12ފޮތުން...

    6
    1