"ދިވެހި ފިލްމު އެވޯޑްސް 10"ހަފްލާ މި އަހަރުގެ އޮގަސްޓް މަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ދިވެހި ފިލްމް އެވޯޑް ހަފްލާ އެންމެ ފަހުން ބާއްވާފައި ވަނީ 2019ގައެވެ.
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި ދެމުން އަންނަ "ދިވެހި ފިލްމު އެވޯޑްސް" މިއަހަރުގެ އޮގަސްޓް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިގޮތުޖމން މި އެވޯޑްގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ 2019 އިން 2022 ވަނަ އަހަރުގެ ނިޔަލަށް ނެރެފައިވާ ފިލްމުތައް ކަމަށް ބުނެފައި ވެއެވެ.
އަދި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު އެވޯޑްސް 10 ގައި ފިލްމު ބައިވެރިކުރުމުގެ އެންމެ ފަހު ތާރީހަކީ 16 ޖުލައިގެ 13:30 ކަމަށް އެ އިއުލާނުގައި ވެއެވެ.
އެންމެ ފަހުން ބޭއްވި އެވޯޑް ހަފްލާގައި ވިދާލާފައި ވަނީ މަޝްހޫރު ބަތަލާ ރިިޝްމީ ރަމީޒެވެ. އޭނާގެ ވިޝްކާއަށް އެފަހަރު ހަތް އެވޯޑެއް ލިބިގެން ދިޔައެވެ.
ނޭނގެ ބުނާނެ އެއްޗެއް
ތިކަހަލަ އެވޯރޑް ތަކަށް ހިންދީ ފިލްމްގެ ނަން މަސްޙޫރި ތަރިން ބައިވެރި ކުރުމަކީ ތިކަހަލަ ހަފްލާތައް ކުރިއަށް ދިއުމަށް ލިބޭނެ ހިތްވަރަކަށް ވާނެ. މިސާލަކަށް ސާޙުރުކްމެން. ސަލްމާން ޙާން. ނަން މަސްޙޫރު އަންހެން އެކްޓަރުން ތިކަހަލަ ހަފްލާތަކުގައި ބައިވެރި ވާނަމަ ރައްޔިތުންގެ ބޮޑު ތަރުޙީބެއްވެސް ލިބޭނެކަން ޔަޤީން. އުއްމީދުކުރަން ތި ޙަފްލާއަށް ނަން މަސްޙޫރު ހިންދީ ސްޓާރުން ފެނިގެން ދާނެކަމަށް. ވ ވެދުން.
ދިވެހި ފިލްމު އިންޑަސްޓްރީ އެއްެ މިހާރު އެބައޮތްތަ؟
ސުރުޚީ ފެނުނީ މަވެސް ހޮޑު ލަވާ
އަހަރެމެންގެ ޖީސީ ނަތީޖާ ދަށްކާނެ އޮގަސްޓް މަހު 🙄🙄🙄🙄