ބޮލީވުޑްގެ މަޝްހޫރު ދެމަފިރިންގެ ގޮތުގައި ފާހަގަކޮށްލެވޭ އަލިއާ ބަޓް އާއި ރަންބީރް ކަޕޫރްގެ ކައިވެނީގެ ގުޅުން ވަރަށް ގޯސް ކަމަށް ބައެއް މީހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްްތައް ބުނެފިއެވެ.

އާލިއާ އާއި ރަންބީރް ކައިވެނިކޮށްފައި ވަނީ 2022 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 14 ވަނަ ދުވަހެވެ. އެ ދެމަފިރިންގެ ކައިވެންޏަށް އަހަރެއް ވެފައިވާއިރު، ދެމަފިރިންނަށް ވަނީ އަންހެން ކުއްޖަކުވެސް ލިބިފައެވެ.

އެހެން ނަމަވެސް މި ދެމަފިރިންގެ ކައިވެނީގެ ގުޅުމުގައި މައްސަލަތަކެއް ދިމާވެގެން އުޅޭ ކަމަށް ބަތަލާ ކަންގަނާ ރަނަވާތް އާއި ފިލްމްތަކަށް ފާޑު ކިޔައި އުޅޭ ކަމާލް ރާޝިދު ޚާން ވަނީ ބުނެފައެވެ.

ކަންގަނާ ބުނާގޮތުން، އާލިއާ އާއި ރަންބީރު ދިރިއުޅެމުން ދަނީ އެއް އިމާރާތެއްގެ ދެ ފަންގިފިލާއެއްގައެވެ. އެހެންކަމުން ދެ މީހުންގެ ގުޅުން ގޯސް ކަން އެނގޭ ކަމަށްވެސް ބުނެފައި ވެއެވެ. އޭނާ ބުނެފައިވާގޮތުން ރަންބީރުގެ އާއިލާއަށް އާލިއާ ކަަމަކު ނުދެއެވެ.

ކަންގަނާ މިހެން ބުނެފައިވާއިރު، ކަމާލް ރާޝިދު ޚާންގެ ވާހަކަތައް ތަފާތެވެ. އޭނާ ބުނަނީ މި ދެމަފިރިން ދެ ތަނެއްގައި ނިދާ ހަދާއިރު، ރަންބީރު އުޅެނީ އޭނާގެ ލޯބިވެރިޔާއާ އެކުގައެވެ.

އެހެން ނަމަވެސް މިއީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށް ވެއެވެ. އަދި މިކަމާއި ގުޅޭގޮތުން ދެމަފިރިންވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަސަނު

    ކަންގަނާ ބުނާ ވާހަކަ ދިމާވޭ ދޯ

    6
    1
  2. ޢާލި ޔާ

    ޢެއީ ތެދެއް! މަ ވަރަށް ފޫހި ވާހަކަ ވެސް ނުދައްކަން

    6
    1
  3. މުބީނު މާރނީ

    ރަންބީރު އަކީ އަބަދު، އެއް ސުވާލު ތަކެއް ކޮށް އެކުގައި އުޅޭ އެހެން ސްޓާރުން ގެ ބޮލަށް ނޮހޮރުއްޕާން ކުރާ މީހެއް ކަމަށް އައިޝްވަރްޔާ އާއި އަނުޝްކާ ބުނެފައިވޭ. މީގެ އިތުރުން ރަންބީރު ގެ ބައްޕަ ރިޝީ ކަޕޫރު ބަލި އެނދުގައި އޮތްއިރު އެއްމެ ފަހަރަކު ވެސް ގޮވާލަން ރަންބީރު ނުދޭ.