ކެނެޑާއަށް ނިސްބަތްވާ މަޝްހޫރު ރެޕާ ކައިވެނި ނުކޮށް ހުރި ސަބަބު ހާމަކޮށްފިއެވެ.

ދާދި ފަހުން "ދަ ރިއަލީ ގުޑް ޕޮޑްކާސްޓް ވިތު ބޮބީ އަލްތޮފް" ގައި ބައިވެރިވެ އޭނާ ވަނީ އަދި ކައިވެނި ނުކޮށް ހުރި ހަގީގީ ސަބަބު ހާމަކޮށްފައެވެ. ފަސް ފަހަރު ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ޑްރޭކް ވަނީ ކައިވެނީގެ ކޮންސެޕްޓަކީ ޒަމާނުއްސުރެ އޮތް ކަމެއް ކަމަށް ބުނެފައެވެ.

"އަދި ނޭނގޭ. ހީވަނީ ކޮންމެވެސް ދުވަހަކުން އެކަން ވާނެ ހެން. އެހެން މީހަކު ބޭނުންވާ ކަހަލަ މީހަކަށް އަހަރެން ވެދާނެ ހެން ހިއެއް ނުވޭ ނޫނީ އަހަރެންގެ ފަރާތުން ލިބޭނެހެން ހިއެއް ނުވޭ. އަހަރެންގެ މަސައްކަތަކީ މިހާރު އެންމެ އިސްކަންދޭ ކަންތައް". އޭނާ ބުނެފައި ވެއެވެ.

އުމުރުން 36 އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ ހަޔާތުގެ މި މަރުހަލާގައި ގުޅުމަކަށް މާބޮޑަށް "ޑެޑިކޭޝަން" ދެވެން ނެތުމުން އަދިވެސް ސެޓްލްވާން ތައްޔާރު ނޫން ކަމަށެވެ.

"އަހަރެން ކައިވެންޏެއް ކުރާކަށް ބޭނުމެއް ނޫން. އަހަރެން ބޭނުމެއް ނޫން އެހެން މީހަކު މާޔޫސް ކުރާކަށް.". އޭނާ ބުނެފައި ވެއެވެ.

އަސްލު ނަމުން ނަމަ އައުބްރީ ގްރަހަމް ނަމަކަށް ކިޔާ ރެޕާ އަކީ ރާޝިދާ ޖޯންސް، ޓައިރާ ބޭންކްސް، އެސްޒެޑްއޭ، ޖޫލިއާ ފޮކްސް އަދި ރިހާނާ ފަދަ އޭ-ލިސްޓް އަންހެނުންނާ ލޯބީގެ ގޮތުން ގުޅިފައިވާ ފަންނާނެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑޮނީ

    މަ ކަހަލަ ގޮލައެއްދޯ😁

    3
    9
  2. ބުރުޓްނީ

    އަމަޔާއި ޑޮނީ.... ކަލޭ ބޭންކް ބެލެން ސުމެއް ، މަށަކަ ބިކާރީ އަކާ ހިތާ ނުވެވޭނެ.... ރަށުތެރޭން އެހެން ކަމަކާ އުޅުބެއަ.... ވ ފޫހި