އަންނަ އަހަރުގެ ތެރޭގައި އިންޑިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އާއްމު އިންތިޙާބުގައި ވޯޓުލުމަށް ޝަރުތު ހަމަވާ މީހުން ބަލާ، ވޯޓާސް ލިސްޓު އަޕްޑޭޓު ކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. ބޮޑު ޤައުމެއްކަމުން މިކަންކަން ކުރުމަށް އެތައް ވަގުތެއް ހޭދަވާނެއެވެ. އަދި، މިއީ އެހާ ފަސޭހައިން ކުރެވޭނޭ ކަމަކަށްވެސް ނުވާނެއެވެ.

އެޤައުމުގެ އުއްތަރަ ޕްރަދޭޝްގައި މި މަސައްކަތް ކުރަމުން ދަނިކޮށް، ބޮޑު މައްސަލައެއްވަނީ ކުރިމަތިވެފައެވެ. އެއީ، އަދާހަމަ ކޮށްފައިވާ ވޯޓާސް ލިސްޓުގައި، ރައްޔިތުންގެ ނަމާއި ފޮޓޯގެ ބަދަލުގައި އެހެން މީހަކާއި އެހެން އެއްޗެއްގެ ނަމާއި ފޮޓޯ ހުރި މައްސަލައެވެ.

އިންޑިޔާގެ މީޑިޔާތަކުން ބުނެފައިވާ ގޮތުގައި، އުއްތަރަ ޕްރަދޭޝްގެ އަވަށެއްގެ ވޯޓާސް ލިސްޓުގައި ހުރީ މަޝްހޫރު ފިލްމީ ތަރި، ސަނީ ލިއޯން އާއި އެތަކާއި ކޮތަރެއްގެ ފޮޓޯއެވެ. އަދި، މި ފޮޓޯތައް ޖަހާފައި ހުރީ، ބައެއް މީހުންގެ ނަމާ ދިމާލުގައިކަމަށްވެސް މީޑިޔާތަކުން ބުނެފައިވެއެވެ.

މި ލިސްޓުގެ ފޮޓޯތަކެއް ލީކުވެ، ބައެއް ނޫސްވެރިންނަށް މި ލިސްޓުގެ ބައެއް ފޮޓޯތައްވަނީ ލިބިފައެވެ. މިކަމާ ގުޅިގެން، އެފަރާތްތަކުން މިކަންކަން ޔަޤީން ކުރަން ކުރި މަސައްކަތްތަކުން ހާމަވި ގޮތުގައި، އެއީ އަސްލެކެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި، މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި، މި ޢަމަލު ހިންގާފައިވަނީ، އެސަރަޙައްދުގެ ވޯޓާސް ލިސްޓު އަދާހަމަ ކުރުމުގެ މަސައްކަތް ކުރަން، އެސަރަޙައްދަށް ފޮނުވި ބައެކެވެ.

ފުލުހުންވެސް މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަމެއް ހާމަކޮށްފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަގޫރޯޅި

    ތިއޮތީ އިންޑިޔާ ސަރުކާރުން ވޯޓު އޮޅުވާލަން މަސައްކަތް ކުރިކަމުގެ ހެކިފެނިފަ. ދެންހިނގާ ރާއްޖޭމީހުން ގްރޫޕް ގްރޫޕް އިނޑިޔާ އައްއަރާ ސުވާމީއައް ސަނާކިޔަންދާން

  2. ބާ

    ދެރައީ ގެރިއެއްގެ ފޮޓޯނެތީމަ...

  3. ނުރަަބޯ

    އަންނަ ރިޔާސީ އިންތިޚާބުގައި މިގައުމުން ވޯޓުއޮޅުވާލައިފިއްޔާ މިގައުމަށް އިންޑިޔާއިން އަރައިގަނެ އަތްގަދަ ކުރަން ވިސްނާ މީހުންގެ ޙާލު މިހިރީ....!!!!