ފިރިހެނަކު އޭނާގެ ލޯބިވެރިޔާއަށް މޫދު އަޑީގައި ޕްރޮޕޯސް ކޮށްފިއެވެ. މާމެއިޑަށް ލޯބިކުރާ ކެމީ ރިނާއޭ އަށް އެރިކް މާރޓީނޭޒް ޕްރޮޕޯސްކުރީ މެކްސިކޯގެ ރިވިރިއޭއާ ގައެވެ. މޫދު އަޑީގައި  މި ކުރި ސަޕްރައިޒް އެންގޭޖްމެންޓް ވެގެން ދިޔައީ ކެމީގެ ހުވަފެން ހަގީގަތައް ވެގެން ދިޔަ ކަމަކަށެވެ.

މާޓިނޭޒް މި ޕްރޮޕޯސްއަށް މީގެ މަހެއްހާ ދުވަސް ކުރިން ތައްޔާރުވަމުން ދިޔައެވެ. އެކަމުގެ ފުރަތަމަ ފިޔަވަޅަކަށް ވީ އޭނާ ޗުއްޓީގައި މެކްސިކޯގެ ރިވިރިއޭއައް ދާން ރޭވުމެވެ. އޭނާ މި ދަތުރުގައި ފޮޓޯނަގާނެ ސެޝަނެއް ރާވައި ކެމީގެ އެންމެ މަގްބޫލު ފޮޓޯގުރާފާ ޕޮލީ ޑެވްސަން ހަމަޖެއްސިއެވެ. އެރިކް މާޓިނޭޒް ޕޮލީ ޑެވްސަން ގާތުގައި ތަފާތުކަމެއް ކުރަން ބޭނުން ވާ ވާހަކަ ބުނެ ކެމީ މާ މެއިޑަށް ލޯބިކުރާ ވާހަކަ ބުނުމުން މި ހިޔާލު އެހިސާބުން އައެވެ.

އެގޮތުން ޖޫން 8 ގައި މެކްސިކޯއަށް ގޮސް ފޮޓޯ ޝޫޓްގައިި ރިވިރިއޭއާގެ ޖަންގަލީގެ ވަކި ހިސާބަކަށްގޮސް ކޭވް އެއްގައި ޕްރޮޕޯސް ކުރިއެވެ. އެހިސާބުން އަދި ނިމުނީއެއް ނޫނެވެ. މާރޓިނޭޒް ކެމީގާތުގައި މޫދު އަޑީގައި ޕްރޮޕޯސަލްގެ އަނެއްބައި މާމެޑް ތީމްގައި އެބައޮތްކަމައް ބުނެ އޭނާ ހައިރާން ކޮށްލިއެވެ. މި ކަމަށް ހާއްސަކޮށް ޕޮލީ ވަނީ މާމެއިޑް ކޮސްޓިއުމެއް ކެމީ އަށް ތައްޔާރުކޮށްދީފައެވެ.

އެގޮތުން މި ކަން ކުރުމަށް އެ ދުވަހު އަންޑާ ވޯޓާ ޕޯޓްރެއިޓް ޝޫޓް އަކަށްގޮސް ކެމީ މާމެއިޑް ގެ ތީމް އަށް ހަދައި ޕްރޮޕޯސް ކުރަނިކޮށް ފޮޓޯނެގިއެވެ. މި ޕްރޮޕޯސް ކުރުމަށް ރަތްކުލައިގެ ތަންކޮޅެއް ބޮޑު އަގޮޓިއެއް ވަނީ ތައްޔާރުކޮށްފައެވެ. އެއީ  މޫދު އަޑީ ގައި އަގޮޓި ފޮޓޯއަށް އަރާނެ ފަދައިން ހެދުމަށެވެ.

" މިކަމަކީ ވަރަށް އުނދަގޫ ކަމެއް، ޗުއްޓީގައި އެހެން އުޅެމުން މި ހުރިހާ ކަމެއް ރާވާ ހެދުމަކީ އެރިކް އަށް ވަރަށް އުދަގޫ ވާނޭ ކަމެއް ، އަހަރެން އަސްލު ވަރަށް ހައިރާންވެ އުފާވެސް ވި" ކެމީ ބުނެފައި ވެއެވެ.

3 ކޮމެންޓް

  1. ތީ ކަނޑު އަޑިތަ.

  2. ދެން އިވޭނީ ޕަރީ ރީތިވެގެން ހަވާގައި އެންގޭޖް ކުރާތަން.....

  3. ޓޭންކެއްގެ ތެރެ ހޮޅިވާހަކަ ކަޑުގެ އަޑީގައި ހުންނައިރު ބޯ އެހުރީ ކިތިޔާ ފެނުންމައްޗައް ނާރާ. މާކުއްޖެއްތިޔައީ އެހެންވެއްޖެއްޔާ